ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2025/41
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 17:06
ސުންގަޑި: 04 ޑިސެންބަރު 2025 13:00
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް ކޮށްފައިވާ އިއުލާނާއި ގުޅޭ

ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް ކޮށްފައިވާ އިއުލާނާއި ގުޅޭ

މިކައުންސިލްގެ އިޢުލާން ނަންބަރު  (IUL)375/375/2025/31 އާއި ގުޅިގެން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ވަނީ 2025 ޑިސެމްބަރު 04 ވަނަ ދުވަހުގެ 13:00 އާއި ހަމައަށް އިތުރު ކުރެވިފައެވެ.

މީގެ އިތުރުން މި އިއުލާނާއި އެކު އާންމުކޮށްފައިވާ "ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު" ގައި ލިޔުމުގެ ކުށެއް ފާހަގަކުރެވިގެން ތިރީގައިވާ ގޮތަށް އިސްލާހު ގެނެވުނުކަން އާންމުކޮށް އިއުލާން ކުރަމެވެ.

މިއުސޫލުގެ  14.5ޕޮއިންޓް އުނިކުރުން މިބައިގެ ވައާތް ފަރާތު ކޮލަމްގައި ކުރިން ޖެހިފައިވާ 35 ތިރީގައިވަ ތާވަލުގައިވާ ގޮތަށް އެއިން އުނިކުރުން.

14.5 ޕޮއިންޓް އުނިކުރުން

 

1

(ހ)

ތިމާއަށް (ބަންޑާރަ/އަމިއްލަ) ތަރިކައިން، ހިބައިން، ވަސިއްޔަތުން ލިބެން އޮތް ބިމުގެ އަކަފޫޓުގެ އަދަދު 1000 އަކަފޫޓަށްވުރެ ބޮޑުނަމަ

45

 

 

 

(ށ)

ތިމާއަށް (ބަންޑާރަ/އަމިއްލަ) ތަރިކައިން، ހިބައިން، ވަސިއްޔަތުން ލިބެން އޮތް ބިމުގެ އަކަފޫޓުގެ އަދަދު 800 އަކަފޫޓަށްވުރެ ބޮޑު 1000 އަކަފޫޓަށްވުރެ ކުޑަނަމަ

35

 

 

 

(ނ)

ތިމާއަށް (ބަންޑާރަ/އަމިއްލަ) ތަރިކައިން، ހިބައިން، ވަސިއްޔަތުން ލިބެން އޮތް ބިމުގެއަކަފޫޓުގެ އަދަދު 600 އަކަފޫޓަށްވުރެ ބޮޑު 800 އަކަފޫޓަށްވުރެ ކުޑަނަމަ

25

 

 

30 ނޮވެންބަރު 2025