ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫ ސިއްޙީމަރުކަޒުގެ ގޯތިތެރެއާއި، ވަށައިގެންވާ މަގުތައް ސާފުކޮށް ބެލެހެއްޓުމާއި ލޮޖިސްޓިކްސް ޚިދުމަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު ޢާންމު ކުރެވިފައިވާ މަޢުލޫމާތަށް ބައްލަވައި 2025 ޑިސެމްބަރ 08 ވަނަ ދުވަހުގެ 13:30 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މިމަރުކަޒުގެ ނަންބަރު 6842613 ފޯނަށް ގުޅުއްވުންއެދެމެވެ.
ޕްރޮޕޯސަލް ހުށަހަޅުއްވަނީ ކުންފުނި / ކޯޕަރޭޓިވް އަކުންނަމަ ޕްރޮޕޯސަލް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ ކުންފުނި / ކޯޕަރޭޓިވްގެ ސިޓީއަކާއިއެކު އެތަނުގެ ރަޖިސްޓްރީގެ ކޮޕީ (މުއްދަތު ހަމަނުވާ) ނުވަތަ ބިޒްނަސް ޕްރޮފައިލް ހުށަހަޅަންވާނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަމުގެ ސިޓީއެއް، ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ޞިއްޙީމަރުކަޒަށް ހުށަހަޅަންވާނެއެވެ. އެއްވެސް ފަރާތަކަށް އެކަކަށްވުރެ ގިނަ ފަރާތުގެ ނަމުގައި ޕްރޮޕޯސަލް ހުށައެއްނޭޅޭނެއެވެ.
ޕޮއިންޓް ދޭނެ މިންގަނޑު
|
60% 20% 10% 10% |
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.