ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2015/501
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 15:47
ސުންގަޑި: 16 ނޮވެންބަރު 2015 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 5,956.80 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,552.92 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހެލްތު ސައިންސަސް

ގްރޭޑް:

4

ސްޕައިން ޕޮއިންޓް:

18

މަޤާމުގެ ޝަރުޠު:

 

  • ކުރާ މަސައްކަތާބެހޭ ސެޓިފިކެޓް ލެވެލް 3 ލިބިފައިވުން. ނުވަތަ ގްރޭޑް 12 ނިންމާފައި ނުވަތަ ސެޓިފިކެޓް ލެވެލް 2 ލިބިފައިވުމާއެކު، ސެޓްފިކެޓަށްފަހު، ކުރާ މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ތަޖުރިބާ ނެތަސް ދާއިރާއިން (ލެވެލް 5/6 ފެންވަރުގެ) ޑިޕްލޮމާއެއް ލިބިފައިވުން. މި ފެންވަރުގެ މުވައްޒަފުން އަދާކުރާ މަސައްކަތަށް އޮން-ދަ-ޖޮބް ޓްރައިނިންގ ނުވަތަ މަސައްކަތުގެ ތަމްރީނާއި މަޢުލޫމާތު މަސްއޫލިއްޔަތުތައް އަދާކުރަން ބޭނުންވާނެއެވެ. އަދި މިކަންކަން ސެޓްފިކެޓް 4 ނުވަތަ (ލެވެލް 6/5 ފެންވަރުގެ) ޑިޕްލޮމާގައި ބައިވެރިވެވޭވަރަށް ލިބިގެންވާން ވާނެއެވެ.
  • ތަމްރީނާއި ތަޢުލީމާއި ތަޖުރިބާގެގޮތުން މިފެންވަރު ހުރިކަމަށް ބެލެވުނަސް މި ޝަރުޠު އަދާކުރިކަމަށް ބެލެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޑިއުޓީ ތާވަލުގައިވާގޮތުގެމަތިން އޮފީސް ހުޅުވައި ލެއްޕުން. 
  2. ޑިއުޓީ ތާވަލުގައިވާގޮތުގެމަތިން ފެކަލްޓީގެ ރިސެޕްޝަން ބެލެހެއްޓުމާއި، އޮފީހަށް އަންނަ ސިޓީތަކާއި އެހެނިހެން ތަކެތި ބަލައިގަތުމާއި ފޮނުވުން.
  3.  ޑިއުޓީ ތާވަލުގައިވާގޮތުގެމަތިން ރިސެޕްޝަން ބެލެހެއްޓުމާއި، ހަވާލުވެ ހުންނަ ވަގުތު ރިސެޕްޝަނަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބު ދިނުމާއި، ވަޑައިގަންނަވާ  ބޭފުޅުންނަށް މަޢުލޫމާތު ފޯރުކޮށްދިނުން.
  4. ޑިއުޓީ ތާވަލުގައިވާގޮތުގެމަތިން ރިސެޕްޝަން ބެލެހެއްޓުމާއި، ހަވާލުވެ ހުންނަ ވަގުތު ދަރިވަރުން ގެންނަ އެސައިންމެންޓްތައް ބަލައިގަނެ، ލިސްޓްތައް ތައްޔާރުކޮށް، ލެކްޗަރަރއިންނާ ހަވާލުކުރުން.
  5. ޑީންގެ ބެލުމުގެދަށުން ކުރެވޭ އިދާރީ މަސައްކަތްތައް ކުރުން.
  6. ޑީން ބައިވެރިވެވަޑައިގަންނަވާ މީޓީންގތަކުގެ އިދާރީ މަސައްކަތް ބެލެހެއްޓުން.
  7. މެނޭޖްމަންޓް ކޮމިޓީ މީޓިންގ، މާއިރާ ބައްދަލުވުން، ސްޓާފް މީޓިންގ އަދި އެކަޑަމިކް ރިވިއު ކޮމިޓީގެ ބައްދަލުވުން ބާއްވާނެ ތާރީޚެއް ޑީން ވިދާޅުވުމުން، ބައްދަލުވުމަށް ކޮމިޓީގެ މެންބަރުންނަށް އެންގުމާއެކު، ބައްދަލުވުމުގެ އެޖެންޑާ ތައްޔާރުކުރުން.
  8. އޮފީހުން ހަމަޖައްސާގޮތެއްގެމަތިން އިތުރުގަޑީގެ ޑިއުޓީއަށް ނިކުތުން.
  9. ފެކަލްޓީގެ މީޓިންގތައް ކަނޑައެޅިފައިވާ ދުވަސްތަކުގައި، މީޓިންގތަކަށް ހާޒިރުވުން.
  10. މަތީގައިވާ ކަންތައްތަކުގެ އިތުރުން، ފެކަލްޓީގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ ކަންތައްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓެއް ވަޒީފާއަދާކުރާނީ، ވަގުތީ ކޮންޓްރެކްޓެއްގެދަށުން ވަޒީފާ ދެއްވާ ދުވަހުން ފެށިގެން 8 މަސްދުވަހުގެ މުއްދަތަށެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
  • މި މަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތްކުރަން ޖެހޭނީ، މެންދުރުފަހު 15:00 އާއި 22:00 އާ ދެމެދުގެ ގަޑިތަކެއްގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 ނޮވެންބަރު 16 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345409 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

27 މުޙައްރަމް 1437

09 ނޮވެންބަރު 2015