ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)22-PU/22/2025/337
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:04
ސުންގަޑި: 10 ޑިސެންބަރު 2025 23:59
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
2026ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ކުރެޑިޓަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީވުމަށް ހުޅުވާލުން

އިޢުލާން

 2026ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ

ސްޓޭޝަނަރީ ވައުޗަރަށް ކުރެޑިޓަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީވުމަށް ހުޅުވާލުން:

1. 2026 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ކްރެޑިޓަށް ތަކެތި ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލަމެވެ. 2026 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރެވޭނީ ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

2. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން "ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީ ވުމަށްއެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ފޯމުގައި ބަޔާންކުރާ ލިޔުންތަކާއެކު 2025 ޑިސެންބަރު 10 ވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

3. ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީވުމަށްއެދި ފޯމު ހުށަހަޅުއްވާނީ ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.

ލިންކު: https://bit.ly/4p51jxa

4. ސްޓޭޝަނަރީ ވައުޗަރު ދޫކުރުމަށް ކުރިން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުންވެސް، 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ވައުޗަރަށް ތަކެތި ދޫކުރުމަށް އަލުން ރަޖިސްޓްރީކުރަންޖެހޭނެ ވާހަކަ ދެންނެވީމެވެ.

5. މިއިޢުލާނާއެކު "ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީ ވުމަށްއެދޭ ފޯމް" އަދި، "ސްޓޭޝަނަރީ ވައުޗަރުތަކުގެ ލިސްޓް" އެޓޭޗް ކުރެވިފައިވާނެއެވެ.

6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                          

ފޯން: 304 1242 / 304 1249

އީ-މެއިލް: [email protected]

30 ނޮވެންބަރު 2025