ބީލަން
ނަންބަރު: GS173/2025/IUL/05
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:30
ސުންގަޑި: 07 ޑިސެންބަރު 2025 13:00
ބަނޑިދޫ ސްކޫލް، ދ. ބަނޑިދޫ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ކޮންޓްރެކްޓް އުސޫލުން މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.

މި ސްކޫލްގެ ސެކިއުރިޓީ  ބެލެހެއްޓުމުގެ މަސައްކަތް ( 01 ޖަނަވަރީ 2026 – 31 ޑިސެންބަރު 2026 އަށް ) ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 30 ނޮވެމްބަރ  2025 – 07 ޑިސެމްބަރ 2025އަށް  ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ. އަދި ބީލަމުގައި ބައިވެރިވުމަށް ނަންނޯޓްކޮށްފައި ނުވާ ފަރާތްތަކުގެ ބީލަން ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

 

1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

2- ރަޖިސްޓްރީ ނަންބަރު.

3- އީމެއިލް އެޑްރެސް.

4- ގުޅޭނެ މޯބައިލް ނަންބަރު.

 

މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  04 ޑިސެމްބަރ 2025 ވަނަ ދުވަހު 14:00 ގެ ކުރިން މިސްކޫލްގެ އީމެއިލް [email protected] އެޑްރެހަށް ފޮނުއްވުންއެދެމެވެ.

 

 

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  8 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 11:00 ގައި މިސުކޫލްގެ އޮފީހުގައެވެ.

 

މިބީލަމާގުޅޭ ބީލަން ފޮތް މިއިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބަނޑިދޫ ސްކޫލް

ދ.ބަނޑިދޫ ، ދިވެހިރާއްޖެ

ފޯން :7952916

އީމެއިލް: [email protected]

30 ނޮވެންބަރު 2025