ވަޒީފާގެ ފުރުޞަތު
ނަންބަރު: AIA-D1/IL/2015/0024
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 15:15
ސުންގަޑި: 15 ނޮވެންބަރު 2015 16:00
އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން


ވަޒީފާގެ ފުރުޞަތު:

މި   ކުންފުނިން   އިޢުލާނުކޮށްފައިވާ   އެޑްމިނިސްޓްރޭޓިވް   އޮފިސަރުގެ   މަޤާމަށް   އެކަށީގެންވާވަރަށް   ކުރިމަތިލާފައިނުވާތީ،   އިއުލާން   ނަންބަރު  AIA-D1/IL/2015/0018  ބާޠިލުކޮށް،  އަލުން  އިޢުލާން  ކުރީމެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަސައްކަތް ކުރަންޖެހޭ ތަން:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް، މާލެ އޮފީސް

މަސައްކަތް ކުރަންޖެހޭ ގަޑި:

ފުލް ޓައިމް

އަސާސީ މުސާރަ:

ތަޢުލީމީ ފެންވަރާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލާފައި

މީގެ އިތުރުން، ކެއުމުގެ އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

  • ޖީ. ސީ. އީ. އޭ ލެވެލް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަނުގެ ދާއިރާއަކުން ކޯސް ފުރިހަމަކޮށްފައިވުން އަދި/ނުވަތަ
  •  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މެނޭޖްމަންޓް، ހިއުމަން ރިސޯސް ނުވަތަ އެޑްމިނިސްޓްރޭޝަން) މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

  • އޮފީހުގެ ޖެނެރަލް އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރުމާއި، އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިއުން ތައްޔާރުކުރުމާއި،  އޮފީހުގެ  ޔައުމިއްޔާ  ލިޔެ  ބެލެހެއްޓުމާއި، އަހަރީ ރިޕޯޓު ތައްޔާރުކުރުމުގައި، ސެކްޝަނުގެ އިސް މުވައްޒަފުގެ އިރުޝާދާ އެއްގޮތަށް މަސައްކަތްކުރުން.
  • އޮފީހަށް އަންނަ ސިޓީއާއި ތަކެތި ބަލައިގަނެ، އެންޓްރީ ކުރުމަށްފަހު، ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވޭތޯ ބެލުމާއި، އެކަންކަމުގައި އެހީތެރިވެދިނުމާއެކު، އެ މަސައްކަތްތައް އިސްވެ ރާވައި ހިންގުމާއި، އެޑްމިންއަށް އަންނަ މައްސަލަތައް ބަލައި ޙައްލުކުރުން.
  • އޮފީހުގެ އެންމެހައި އިދާރީ މަސައްކަތްތަކާއި އެއާ ގުޅުންހުރި މަސައްކަތްތައް ކުރުން.

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • އިނގިރޭސިން ފަރިތަކަމާއެކު ރަނގަޅު ފެންވަރެއްގައި މުޢާމަލާތުކުރަން އެނގުން.
  • ކޮމްޕިއުޓިންގ ކޯހެއް ހަދާފައިވުމާއި، މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުންކުރަން ރަނގަޅަށް އެނގުން. (ޚާއްޞަކޮށް، މައިކްރޯސޮފްޓް ވޯޑާއި އެކްސެލް)
  • މަސައްކަތާ ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
  • ހަވާލުކުރެވޭ މަސައްކަތްތައް ދުވަހުން ދުވަހަށް ބަރާބަރަށް ނިންމޭފަދަ ހީވާގި މުރާލި މީހަކަށްވުން.

 

 

ހުށަހަޅަންޖެހޭ ލިއުންތައް

- ތަޢުލީމީ ސެޓްފިކެޓްތަކާއި، ފަންނީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓްކޮށްފައިވާ)

- ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ޕޮލިސް ރިޕޯޓް

- ޕާސްޕޯޓް ސައިޒުގެ ފޮޓޯ

ސުންގަޑި:

2015 ނޮވެންބަރު 15 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ކުރިން.

އިންޓަވިއު:

އިންޓަވިއުއަށް ކިޔާނީ، މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

 27 މުޙައްރަމް 1437

09 ނޮވެންބަރު 2015