ދެންނެވުން
ނަންބަރު: 03/2025
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 20:33
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ވަޒީފާއާބެހޭ ޓްރައިބިއުނަލް ރިސެސްއަށް ދިޔުމާގުޅޭ

ގަވާއިދު ނަންބަރު 2022/R-14 (ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު) ގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، 01 ޑިސެންބަރު 2025 އިން ފެށިގެން 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އޮންނާނީ ރިސެސްގައެވެ.

ރިސެސްގެ މުއްދަތުގައި، މައްސަލަތަކުގެ އަޑުއެހުންތައް އާންމުކޮށް ނުބޭއްވިކަމުގައިވީނަމަވެސް، މިހާރު ތާވަލުކުރެވިފައިވާ އަޑުއެހުންތަކާއި، އަވަސް ގޮތެއްގައި ޓްރައިބިއުނަލުން ބަލަންޖެހޭ މައްސަލަތަކުގެ އަޑުއެހުންތަކާއި، ކޮންމެހެން އަޑުއެހުމެއް ބާއްވަންޖެހޭކަމަށް އެ މައްސަލަ ބައްލަވާ މަޖިލީހަކަށް ފެނިވަޑައިގަންނަވާ މައްސަލަތަކުގެ އަޑުއެހުންތަކާއި، މި މުއްދަތުގެ ތެރޭގައި މައްސަލަތަކާ ގުޅިގެން ހުށަހަޅަންޖެހޭ ޖަވާބު ނުވަތަ ހެކި ނުވަތަ ބަޔާން ހުށަހެޅުން އެ މައްސަލައެއް ބައްލަވާ މަޖިލީހަކުން ކަނޑައަޅުއްވާ ގޮތެއްގެމަތިން ކުރިއަށް ދާނެއެވެ. އަދި މީގެ އިތުރުން ރިސެސްގެ މުއްދަތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަތައް ބަލައިގަތުމާއި، ޓްރައިބިއުނަލުގެ އިދާރީ ޚިދުމަތްތަކާބެހޭ އެންމެހައި މަސައްކަތްތައް އާންމު އުޞޫލުން ހިނގަމުންދާނެކަމުގައި ދެންނެވީމެވެ.

29 ނޮވެންބަރު 2025