ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ސްކޫލުން 18 އޮގަސްޓު 2015 ގައި ކޮށްފައިވާ IUL)GS-203/2015/11) ނަންބަރުގެ އިޢުލާނުގައިވާ " ޕްރިންޓަރ" ގެ މަޤާމުގެ ޝަރުޠު ނުބައިކޮށް ލިޔެވިފައިވާތީ، އެ އިޢުލާން ބާޠިލްކޮށްފައި، އެ މަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
މަޤާމް: ޕްރިންޓަރ
މަޤާމް ނަންބަރު: 1880D/22/2015/14
ބޭނުންވާ އަދަދު: 1 (އެކެއް)
އޮފީސް: ހޯނޑެއްދޫ ސްކޫލް
ވަޒީފާ އަދާކުރަންޖެހޭ ރަށް: ގދ. ހޯނޑެއްދޫ
މަޤާމް |
ސީ. އެސް. ރޭންކް |
މަޤާމުގެ ކްލެސިފިކޭޝަން |
މަޤާމުގެ ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ޕްރިންޓަރ |
އެސް. އެސް. 3
|
ސަޕޯޓް ސްޓާފް ގްރޭޑް 3 |
މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
3875.00 ރުފިޔާ |
1000.00 ރުފިޔާ |
މަޤާމުގެ މަސްއޫލިއްޔަތު: |
- ޗާޕްކުރަންޖެހޭ ޓެސްޓް ޕޭޕަރުތަކާއި ނޯޓިސްތަކާއި، ފޮޓޯކޮޕީ ހަދަންޖެހޭ ތަކެއްޗާއި އެހެނިހެން ތަކެތި، ކަނޑައެޅިފައިވާ ގަޑިއަކަށް ޗާޕްކޮށް ހަވާލުކުރުން. - ކޮންމެ އަހަރަކުވެސް އެ އަހަރެއްގެ ޓީޗަރުންގެ ހޭންޑްބުކު، ވެރިއެއްގެ ލަފާގެމަތިން ތައްޔާރުކޮށް ނިންމައި ވެރިޔަކާ ހަވާލުކުރުން. - ބައިންޑްކުރުމާއި ލެމިނޭޓްކުރުމަށް ހަވާލުކުރެވޭ ތަކެތި ކަނޑައެޅިފައިވާ ދުވަހަކަށް ނިންމައި ހަވާލުކުރުން. - ޕްރިންޓަރ ރޫމުގައި ހުންނަ ހުރިހާ މެޝިނަރީތަކާއި އެހެނިހެންތަކެއްޗަށް ރައްކާތެރިވުމާއި ބެލެހެއްޓުން. - އޮފީހަށާއި ޓީޗަރުންނަށް ބޭނުންވާ ތަކެތި ޕޮޓޯކޮޕީ ހަދައިދިނުން. - ސްކޫލުގެ ދަރިވަރުންނާއި، މުވައްޒަފުންނާއި، ސްކޫލުގެ އަގު ހިފެހެއްޓުމަށް މަސައްކަތްކުރުން. - ސްކޫލުގައި ކިޔަވައިދިނުމުގެ އިތުރަށް ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. |
މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް: |
އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުގެމަތިން ދެވޭނެއެވެ. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
ހުށަހަޅަންވީ ގޮތް: |
މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ސްކޫލުގެ އޮފީހަށް ހުށަހެޅުން. |
ސުންގަޑި: |
މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު، 2015 ނޮވެންބަރު 12 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ސުކޫލަށް ހުށަހެޅުން އެދެމެވެ. |
އިތުރު މަޢުލޫމާތު: |
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރެވޭނީ، މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކެވެ. - އިންޓަވިއު އޮންނާނީ، 15 ނޮވެންބަރު 2015 އާއި 17 ނޮވެންބަރު 2015 އާ ދެމެދުގެ ތާރީޚެއްގައި ގދ. ހޯނޑެއްދޫ ސްކޫލުގައެވެ. - މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 7983089 ނަންބަރު ފޯނާއެވެ. |
22 މުޙައްރަމް 1437 |