ދިވެހިރާއްޖެ
މި އިޢުލާންވަނީ 01 ޑިސެންބަރު 2025 10:53 ގައި ބާތިލް ކުރެވިފައެވެ.
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2026 ވަނަ އަހަރު މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއްހޯދުމާގުޅޭ:
1. 1 ޖަނަވަރީ 2026 އިން 31 ޑިސެންބަރު 2026 އަށް މީލާދީ 1 ( އެކެއް) އަހަރު ދުވަހުގެ މުއްދަތައް ވ.އަތޮޅު މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ( ޤާނޫންނަމަބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި ފައިވާ ފަރާތްތަކަށެވެ.
2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3. މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން، 2025 ނޮވެންބަރު 27 އިން 2025 ޑިސެމްބަރ 03 އަށް ބަންދުނޫން ކޮންމެދުވަހަކު 8:30 އިން 13:00 އަށް ވ.އަތޮޅު މަދަރުސާއަށް ގުޅުއްވައިގެން،ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
4. މި ބީލަމާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެމްބަރު 07 ވަނަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.
5. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2025 ޑިސެމްބަރު 07 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މި މަދަރުސާގައެވެ.
ނޯޓް: ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ކަނޑައެޅިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާ ފަރާތްތަކަށާއި،މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިވާފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.
ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގަވެ. އަދި ސިޓީއުރައިގެ ބޭރުގައި" ވ. އަތޮޅު މަދަރުސާގެސެކިއުރިޓީ ބެލެހެއްޓުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.
6. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
7. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ވ.އަތޮޅު މަދަރުސާ
ފޯނު ނަމްބަރު : 6700025
މޯބައިލް: 9630523
އީ-މެ އިލް: [email protected]