ބީލަން
ނަންބަރު: (IUL)382-CA/382/2025/71
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:56
ސުންގަޑި: 09 ޑިސެންބަރު 2025 14:00
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ވެހިކަލްތަކަށް ބޭނުންވާ ޑީސަލް އަދި ޕެޓްރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

   މިކައުންސިލްގެ ވެހިކަލްތަކަށް ބޭނުންވާ ޑީސަލް އަދި ޕެޓްރޯލް 1 އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ، ޑީސަލް އަދި ޕެޓްރޯލް ސަޕްލައިކޮށްދިނުމަށް  ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި އިޢުލާނަށް ބީލަން ހުށައެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 18/2014 ( ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު 19/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.  

ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ 09 ޑިސެންބަރު 2025  ވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް 500.00ރ ( ފައްސަތޭކަ ) ރުފިޔާގެ ނޮންރިފަންޑަބަލް ފީއެއް ދައްކަވަންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބިޑު ހުށައެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.

 

ފައިސާބަލައިގަންނާނީ  26 ނޮވެންބަރު 2025  އިން 09 ޑިސެންބަރު 2025  އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 ން 13:00 އަށް މިއިދާރާގެ ނަންބަރު 7725700329001 އެކައުންޓަށް ޓްރާންސްފަރކޮށްގެންނެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް އެދޭ ފަރާތުގެ ނަމާއި އެޑުރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އަދި ފައިސާ ދެއްކި ސްލިޕުގެ ކޮޕީ [email protected] އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ.

ބިޑާއިގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. އަދި ބީލަމުގައި ރަޖިސްޓަރީވުމަށް ދައްކަންޖެހޭ ފައިސާ ދައްކައި ކައުންސިލަށް މެއިލް ލިބުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާ އެކެވެ.

މި ބިޑާއިގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ އީމެއިލް ކުރައްވާނީ   09 ޑިސެންބަރު 2025  ވަނަ ދުވަހުގެ 13:00 ގެކުރިން [email protected] އީމެއިލް އެޑްރެހަށެވެ. ބިޑުތައް ހުޅުވުން އޮންނާނީ 14 ޑިސެންބަރު 2025 ވަނަ ދުވަހުގެ 13:00 ގައި ބުރުނީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑުތައް ހުންނަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއިވަގުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަންލިޔެފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑުރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބުރުނި ކައުނަސިލް އިދާރާ/ ރޯޝަނީމަގު ތ.ބުރުނި

ފޯން:  6780038

 

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

27 ނޮވެންބަރު 2025