ދިވެހިރާއްޖެ
2026 ވަނަ އަހަރު ނ.މަނަދޫ ޕްރީސްކޫލަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލުން
2026 ވަނަ އަހަރު ނ.މަނަދޫ ޕްރީސްކޫލު ނާސަރީއަށް ކުދިން ވެއްދުމަށް ހަމަޖެހިފައިވަނީ 31 ޑިސެމްބަރ 2025 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ދަރިވަރުން އަދި ޕްލޭ ސްކޫލަށް ކުދިން ވެއްދުމަށް ހަމަޖެހިފައިވަނީ 2025 ޑިސެމްބަރ 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ދަރިވަރުންނެވެ. ނާސަރީ އަދި ޕްލޭ ސްކޫލަށް ކުދިން ވެއްދުމަށް އެދޭ ބެލެނިވެރިންނަށް އެކަމުގެ ފުރުޞަތު ހުޅުވިފައިވާ ވާހަކަދެންނެވީމެވެ. 27 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރުފަހު 14.00 އަށް ނ.މަނަދޫ ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް ނ.މަނަދޫ ކައުންސިލް އިދާރާއިން ދޫކުރަމުން ގެންދާނެއެވެ.
ވީމާ ނާސަރީ އަދި ޕްލޭ ސްކޫލަށް ކުދިން ވެއްދުމަށް އެދޭ ބެލެނިވެރިން ފޯމް ފުރުއްވާ ތިރީގައިވާ ލިޔުންތަކާއެކު 18 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ.
v ފޯމާއެކު ހުށަހަޅުއްވަންޖެހޭ ތަކެތި
- ކުއްޖާގެ އައިޑީކާޑުގެ އަސްލާއި ފޮޓޯކޮޕީ އަދި އުފަންދުވަހުގެ ސެޓްފިކެޓްގެ އަސްލާއި ފޮޓޯކޮޕީ.
- ބެލެނިވެރިޔާގެ އައިޑީކާޑްގެ ފޮޓޯކޮޕީ.
( ފޯމްހުށައަޅުއްވާ ދުވަހު އުފަންދުވަހުގެ ސެޓްފިކެޓްގެ އަސްލު، އައިޑީކާޑުގެ އަސްލު ބެލެނިވެރިޔާއާއި ހަވާލުކުރެވޭނެއެވެ. )
- ވެކުސިން ކާޑުގެ އަސްލާއި ފޮޓޯކޮޕީ.
- ޞިއްހީ އެއްވެސް މައްސަލައެއް ހުންނަ ކުއްޖެނަމަ އެކަމުގެ މަޢުލޫމާތު ބަޔާންކޮށް ބެލެނިވެރިޔާގެ ސިޓީ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
1447 F 6
27 ނޮވެމްބަރ 2025