ދިވެހިރާއްޖެ
ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ހިއްސާދާރުންނަށް ހިއްސާގެ ފައިސާާ ދޫކުރުމާބެހޭ
27 މޭ 2015 ގައި ބޭއްވުނު މިބޭންކުގެ 32 ވަނަ އަހަރީ އާންމު ޖަލްސާގައި 2014 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި -/86,110,720 (އައްޑިހަ ހަ މިލިއަން އެއްލައްކަ ދިހަހާސް ހަތްސަތޭކަ ވިހި) ރުފިޔާ، ހިއްސާއަކަށް -/16 ރުފިޔާގެ މަގުން ބެހުމަށް ވަނީ ފާސްކުރައްވާފައެވެ. އަދި މި ހިއްސާގެ ފައިދާ 1 ޖޫން 2015 ފެށިގެން ދަނީ ހިއްސާދާރުންނަށް ބަހަމުންނެވެ.
އެހެންކަމުން، ހިއްސާގެ ފައިދާ އެކައުންޓަށް ޖަމާކުރެއްވުމަށް ބޭނުންފުޅުވާ ހިއްސާދާރުން ހިއްސާގެ ފައިދާ ޖަމާކުރުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ކޯޕަރޭޓް އެފެއާޒް ޔުނިޓަށް ނުވަތަަ ބޭންކް އޮފް މޯލްޑިވްސް ޕލކގެ ބްރާންޗަކަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމު ބީއެމްއެލްގެ ވެބްސައިޓް www.bankofmaldives.com.mv އާއި ބްރާންޗްތަކުން ލިބިވަޑައިގަންނަވާނެއެވެ.
އަދި ހިއްސާގެ ފައިދާއަށްވާ ފައިސާ ނެންގެވުމަށް ބޭނުންފުޅުވާ ހިއްސާދާރުން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހުގެ 14:00 އާ ދެމެދު ބީއެމްއެލްގެ މައި އޮފީހުގެ ކޯޕަރޭޓް އެފެއާޒް ޔުނިޓަށް ވަޑައިގެންދެއްވުން އެދެމެވެ. ހިއްސާގެ ފައިދާ ނެންގެވުމަށް ވަޑައިގަންނަވާއިރު ހިއްސާދާރުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ހިއްސާދާރުގެ ސިޓީއަކާއެކު ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ހިއްސާދާރުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
ބޭންކުގެ ހިއްސާއާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިބޭންކުގެ ނަންބަރު 3330192 ނުވަތަ 3330195 އާ ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.
16 މުޙައްރަމް 1437