މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2025/388
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 23:07
ސުންގަޑި: 08 ޑިސެންބަރު 2025 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތަށް 2 އަހަރު ދުވަހަށް މީހުން ހޯދުމަށާއި ޕިކަޕް، ފޯކްލިފްޓް، ކްރޭން، އަދި ދޯނި ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިނިސްޓްރީ އޮފް ހެލްތަށް 2 އަހަރު ދުވަހަށް މީހުން ހޯދުމަށާއި ޕިކަޕް، ފޯކްލިފްޓް، ކްރޭން، އަދި ދޯނި ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 26 ނޮވެންބަރ 2025 ވާ ބުދަ ދުވަހުން ފެށިގެން 08 ޑިސެންބަރ 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 ޑިސެންބަރ 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 10 ޑިސެންބަރ 2025 ވާ ބުދަ ދުވަހު މެންދުރުފަސް 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                             06 ޖުމާދުލްއާޙިރު 1447ހ.

26 ނޮވެންބަރު 2025