ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)350-FB/350/2015/62
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:16
ސުންގަޑި:
18 ނޮވެންބަރު 2015 13:00
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތަކެތި ގަންނަން
އަންދާސީހިސާބު ބޭނުންވެއްޖެ.
މިއިދާރާއަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއްޖެއެވެ.
20 މަގުބައްތި (4 ފޫޓު)
500 މީޓަރ ނަރު (2 ކޯ 2.5 އެމް.އެމް، ކަޅު)
5 ބަނދަރު ބައްތި
3 ރޯލް ވަރނިންގ ޓޭޕް
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 ނޮވެންބަރު 2015 ވާ ބުދަ ދުވަހުގެ 13.00ގެ ކުރިން މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އީމެއިލް އަދި ފެކްސްއިން ހުށަހަޅުއްވާ އަންދާސީހިސާބުތައްވެސް ބަލައިގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6680773 , 9882502 ނަންބަރުތަކަށް ގުޅުއްވުން އެދެމެވެ.
ފެކްސް: 6680878 އީމެއިލް: [email protected]
އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް:
- ތަކެތި ސަޕްލައިކޮށްދެވޭނެ އަގުތައް ކޮންމެ އެއްޗެއްގެ އަގު ވަކިން ޖީ.އެސް.ޓީއާއެކު އެނގެން އޮންނަންވާނެއެވެ.
- ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
- މަސައްކަތް ހަވާލުކުރެވޭތާ 15 ދުވަހުގެ ތެރޭގައި މަހިބަދޫއަށް ތަކެތި ފޯރުކޮށްދެވެންވާނެއެވެ.
- މާލެއިން ގެންނަ ތަކެތި މަހިބަދޫ ފެރީ (ވެރޯނާ) އާ ހަވާލުކުރުމަށްފަހު ނާލު ދައްކަންވާނެއެވެ.
މާކްސް ދިނުން
- މާކްސް ދިނުމުގައި ބަލާނީ އެންމެ ކުޑައަގެއް ހުށަހަޅާ ފަރާތަކަށެވެ.
04 ނޮވެންބަރު 2015