ޢާންމު މަޢުލޫމާތު
ނަންބަރު: GS143/IUL/2025/015
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި:
07 ޑިސެންބަރު 2025 13:00
މާފުށީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
GS143/IUL/2025/013 ވަނަ އިޢުލާން ބާތިލްކޮށް އަލުން 2026 ވަނައަހަރު ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރުން
GS143/IUL/2025/013 ވަނަ އިޢުލާން ބާތިލްކޮށް އަލުން 2026 ވަނައަހަރު ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.
- މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- 3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2025 ނޮވެމްބަރ 26 ން 2025 ނޮވެމްބަރ 30 ގެ ނިޔަލަށް މިސްކޫލްގެ މެއިލް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. "ބިޑް ރަޖިސްޓްރީ ފޯމް" އިޢުލާނާއިއެކު ގެޒެޓްކުރެވިފައިވާނެއެނެ. އަދި މާފުށީސްކޫލުން ލިބިލައްވާނެއެވެ.
- މިޕްރޮކިއުމަންޓާ ބެހޭގޮތުން ބާއްވާ ޕްރިބިޑްމީޓީން އޮންނާނީ 2025 ޑިސެމްބަރ 01 ވަނަ ދުވަހުގެ 13:00 ގައި މާފުށީސްކޫލް އޮފީހުގައެވެ.
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ނޮވެމްބަރ 30 ވަނަ ދުވަހުގެ ކުރިން ސްކޫލްގެ އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 07 ވަނަ ދުވަހުގެ 13:00 ގައިމާފުށީ ސްކޫލް އޮފީހުގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- 9. މާފުށީ ސްކޫލް / ކ.މާފުށި، ހަވީރީހިނގުން
- ފޯނުނަންބަރު 7920287
- އީމެއިލް: [email protected]
26 ނޮވެންބަރު 2025