ދިވެހިރާއްޖެ
2026ވަނަ އަހަރުގެ ދިރާސީ އަހަރަށް ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައި މިދަންނަވާ ގޮތުގެ މަތިން ކަމުގައި ދަންނަވަމެވެ.
|
ގްރޭޑް |
2026ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރުފުރާތައް |
|
ބޭބީ ނާސަރީ |
2025 ޑިސެމްބަރ 31 އަށް 2 އަހަރުފުރި 3 އަހަރު ނުފުރޭ ދަރިވަރުން |
|
ނާސަރީ |
2025 ޑިސެމްބަރ 31 އަށް 3 އަހަރުފުރި 4 އަހަރު ނުފުރޭ ދަރިވަރުން |
ވީމާ، ސްކޫލަށް ކުދިން ވެއްދުމަށް ބޭނުންފުޅުވާ ފަރާތްތަކުން " ސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 26ނޮވެމްބަރ 2025ވާ ބުދަ ދުވަހުން ފެށިގެން 15 ޑިސެމްބަރ 2025ވާ ހޯމަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 ން 13:00 އަށް ގޮއިދޫ ކައުންސިލްގެ އިދާރާއިންނެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
06 ޖުމާދަލް އާޚިރު 1447