ޢާންމު މަޢުލޫމާތު
ނަންބަރު: 639-A/2025/14
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 09:59
ސުންގަޑި: 04 ޑިސެންބަރު 2025 13:00
ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ޝަރުޢީ އަގުކޮމެޓީ ދަފްތަރަށް ކުރިމަތި ލުމާގުޅޭ:

މިކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރުމަށް ބޭނުންވާ ޙާލަތްތަކުގައި އަގުކުރުމަށް ބޭނުންވާ ޝަރުޢީ އަގުކޮމިޓީއެއް އެކުލަވާލުމަށްޓަކާ ދަފުތަރެއް ރަޖިސްޓްރީ ކުރުމަށް ބޭނުންވާތީ މިދަފުތަރުގައި ރަޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިކަމަށް ބޭނުންވަނީ ހިސާބުގެ މަސައްކަތް ރަނގަޅަށް ދަންނަ މަސައްކަތާއި ތަކެތީގެ އަގުތައް އެނގޭ ބޭފުޅުންނެވެ. މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ބޭފުޅަކަށް -/300 (ތިންސަތޭކަ) ރުފިޔާގެ އެލަވަންސެއް ދެވޭނެއެވެ.

ވީމާ މިކަމަށް އެދިލައްވާ ފަރާތްތަކުން 04 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އައިޑީކާޑުގެ ކޮޕީއާއި، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީއާއެކު "އަގުކޮމެޓީގެ މެމްބަރުކަމަށް އެދޭ ފޯމް" ހުށަހެޅުމަށް އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

26 ނޮވެންބަރު 2025