ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120-A/120/2025/30
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 08:55
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ މެއި/ޖޫންގައި ބޭއްވި އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުގެ ޑީ.ޕީ.އީ ޕްރައިވެޓް ކެނޑިޑޭޓުންގެ ތެރެއިން ރީޗެކަށް އެދުނު ކެނޑިޑޭޓުންނަށް ސެޓްފިކެޓު ދޫކުރުން:
2025 ވަނަ އަހަރުގެ މެއި/ޖޫންގައި ބޭއްވި ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުގައި މި ޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަގޮތުން އިމްތިޙާނު ހެދި ކެނޑިޑޭޓުންގެ ތެރެއިން ރީޗެކަށް އެދިފައިވާ ކެނޑިޑޭޓުންގެ ސެޓްފިކެޓު 2025 ނޮވެންބަރު 26ވާ ބުދަ ދުވަހުން ފެށިގެން މި ޑިޕާޓްމަންޓްގެ ކައުންޓަރުން ދޫކުރަމުންދާނެ ވާހަކަ ދަންނަވަމެވެ.
ސެޓްފިކެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:30 އަށެވެ. ސެޓްފިކެޓް ބަލައި ދުރުވާއިރު ކެނޑިޑޭޓުގެ ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެނޑިޑޭޓުގެ ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑު ނުވަތަ ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑުގެ ފޮޓޯއެއް އަދި ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑު ގެންނަންވާނެއެވެ.
26 ނޮވެންބަރު 2025