ދިވެހިރާއްޖެ
ނަންބަރ: (IUL)DHC/DHC/2025/05
އިޢުލާން
ގއ.ދެއްވަދޫ ސިއްޙީ މަރުކަޒްގައި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިއުމާއި ގުޅޭ:
ގއ.ދެއްވަދޫ ސިއްޙީ މަރުކަޒްގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހުގެ ނީލަމެއް ކިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 05 ޑިސެމްބަރ 2025 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 އަށް މި ސިއްޙީ މަރުކަޒަށް ވަޑައިގެން ނީލަމުގައި ބައިވެރިވެދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން 24 ގަޑިތެރޭގައި މި އޮފީހަށް ފައިސާ ދެއްކުމަށްފަހު އެތަކެތި ގެންދަންވާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
އިތުރު މައުލޫމާތު ހޯދެއްވުމަށް ދެއްވަދޫ ސިއްޙީ މަރުކަޒްގެ ނަންބަރ: 6820057 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
26 ނޮވެމްބަރ 2025
06 ޖުމާދުލްއާޙިރާ 1447