Purchase
Number: (IUL)229-A/1/2025/53
Published Date: 25 Nov 2025
Published Time: 14:14
Deadline: 08 Dec 2025 13:00
Secretariat of the North Maalhosmadulu Atoll Council
Maldives
މިއިދާރާއަށް ބައެއް ޓެކްނިކަލް އިކުއިޕްމަންޓް ބޭނުންވެއްޖެ

 މިއިދާރާއަށް ބޭނުންވާ ބައެއް ޓެކްނިކަލް އާލާތްތައް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރ: (IUL)229-A/229/2025/31) އަށް ހުށަހަޅުއްވާފައިވާ ޕްރޮޕޯސަލްތަކުގެ އަގުތައް އެކަށީގެންނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން ތިރީގައިވާތަކެތިހޯދުމަށް އިއުލާންކުރަމެވެ.

  • ވީޑިއޯ ކޮންފަރެންސް ސިސްޓަމް އަދި މައިކް
  • ސީ.ޕީ.ޔޫ، ވަޔަރލެސް ކިބޯޑް އަދި މައުސް
  • ސަރައުންޑް ސައުންޑް ސިސްޓަމް
  • ކެމެރާ، ފްލޭޝް އަދި ޑްރޯން

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް އަމަލުކުރެއްވުމަށް ދަންނަވަމެވެ.

މުއާމަލާތް  ތާރީޚް  ގަޑި  ތަން 
 ބިޑުގައި ރެޖިސްޓަރވުން   30 ނޮވެމްބަރ 2025   12:00   [email protected]
 ޕްރޮޕޯސަލް ހުށަހެޅުން  08 ޑިސެމްބަރ 2025  13:00  ސެމިނަރ ރޫމް - ރ އަތޮޅު ކައުންސިލް އިދާރާ 

ބިޑްރަޖިސްޓްރޭޝަން ފޯމު ފުރިހަމަކޮށް ހުށަނާޅުއްވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.
އަދި ޕްރޮޕޯސަލްއާއެކު ހުށަހަޅަންޖެހޭ ޑޮކިއުމެންޓްތަކުގެ ލިސްޓް މައުލޫމާތު ކަރުދާހުގައި ލިޔެވިފައިވާނެއެވެ.
މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ އައިޓަމްތަކަށް ވަކިންވެސް ބީލަން ހުށަހެޅިދާނެއެވެ.

ޕްރޮޕޯސަލް ހުށައެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިބޭފުޅަކީ ކާކުކަން އެނގޭގޮތަށް އެ ޕްރޮޕޯސަލް ހުށައަޅުއްވާ ތަނެއްގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއަކާއި އަދި ފޮނުއްވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެންދެއްވުންއެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580564 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

________________________________________________________________________
މާޅޮސްމަޑުލު އުތުރުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
މިސްކިތް މަގު, ރ. އުނގޫފާރު
ފޯން: 6580027
އީމެއިލް: [email protected]

25 Nov 2025