މަސައްކަތް
ނަންބަރު: GS-82/2015/26
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 16 ނޮވެންބަރު 2015 10:00
މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
ކްލާސްރޫމުގައި އަދި ކްލާސްރޫމުގެ ބޭރުގައި ކުދިން ކުޅުމަށް ބޭނުންކުރާ ތަކެތި ހެދުމަށް

2016 ވަނަ އަހަރު ކިޔެވުން ފެށުމުގެކުރިން މިމަދަރުސާގެ ޕްރީސްކޫލް ދަރިވަރުން ކްލާސްރޫމުގައި އަދި ކްލާސްރޫމުގެ ބޭރުގައި ކުދިން ކުޅުމަށް ބޭނުންކުރާ ތަކެތި ހެދުމަށް ކޮންޓްރެކްޓް އުސޫލުން އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 16 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މިބައްދަލުވުމަށް ވަޑިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ސިޓީއަކާއި، ބަދަލުގައި އަންނަމީހާގެ މުއްދަތު ހަމަނުވާ އައިޑީކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ނޮވެންބަރު 22 ވާ އާދީއްތަ ދުވަހުގެ 11:00އަށް ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 6500535 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

09 ނޮވެންބަރު 2015