މަސައްކަތް
ނަންބަރު: (IUL)459-A/1/2015/117
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:16
ސުންގަޑި:
16 ނޮވެންބަރު 2015 10:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދެއްވާނެ ފަރާތެއް ހޯދަން
މިމިނިސްޓްރީން ޏ.ފުވައްމުލަކުގައި އިމާރާތް ކޮށްފައިވާ ޏ.ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ (ޏ.ފުވައްމުލައް) އިމާރާތުގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 10:00އަށް މިމިނިސްޓްރީއަށް (ގ.ބިއްލޫރިޖެހިގެ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
27 މުޙައްރަމް 1437
09 ނޮވެންބަރު 2015