ބީލަން
ނަންބަރު: IUL /GS211/2025-B004
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 02 ޑިސެންބަރު 2025 14:00
ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ނޫރާނީ ސްކޫލްގެ އަރަބި ޓީޗަރު ހުންނަވާނެ ގެއެއް ކުއްޔަށް ހިފުން

ނޫރާނީ ސްކޫލްގެ އަރަބި ޓީޗަރު ހުންނަވާނެ ގެއެއް ކުއްޔަށް ހިފުން

 

މި ސްކޫލްގައި މަސައްކަތް ކުރައްވާ މިޞްރުގެ ޓީޗަރ ހުންނަވާނޭ ގެއެއް ނުވަތަ އެޕާރޓްމެންޓެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

މި ގެއަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތް ކުރެވި ފަރުނީޗަރާއެކު މަދުވެގެން 1 ކޮޓަރި، ސިޓިންގ ރޫމް އަދި ބަދިގެއެއް ހިމެނޭ ގެއަކަށް ނުވަތަ އެޕާރޓްމެންޓަކަށްވާން ވާނެއެވެ. މިބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  • މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 24 ނޮވެމްބަރ 2025 ން 02 ޑިސެމްބަރ 2025 ގެ ނިޔަލަށް ތިރިގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް އެދި މި މުއްދަތުގައި ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

    ބީލަން ރަޖިސްޓްރީ ފޯރމް" ލިންކް: https://forms.gle/MDQky2uq1vHtbTJX6

  • މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 02 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected]  އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
  • ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ  10 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 10:00 ގައި  މި ސްކޫލްގައެވެ. ދެވިފައިވާ ގަޑީގެ ފަހުން އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދު ކުރެވިފައެވެ.
  • މި ބީލަމާއިގުޅޭ މައުލޫމާތު ޝީޓް އަދި ބީލަން ހުށަހަޅާ ފޯމް އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

     ނޫރާނީ ސްކޫލް

     ހިތަދޫ، އައްޑޫ                                                            

     ފޯން:  6885917

     އީ-މެއިލް: [email protected]

24 ނޮވެންބަރު 2025