ބީލަން
ނަންބަރު: (IUL)BAH-AHR/BAH/2025/94
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:21
ސުންގަޑި: 26 ނޮވެންބަރު 2025 10:00
ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ބ. އަތޮޅު ހޮސްޕިޓަލުގެ ވެހިކަލްގެ ގޮޑިތައް ބަދަލުކޮށް ބައެއް މަރާމާތުތައް ކުރުމަށް ބޭނުންވާ ( ކޯޓޭޝަން ) ހުށައެޅުމަށް ހުޅުވާލުން.

ބ.އަތޮޅު ހޮސްޕިޓަލުގެ ވެހިކަލްގެ ގޮޑިތައް ބަދަލުކޮށް ބައެއް މަރާމާތުތައް ކުރުމަށް ބޭނުންވާތީ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިކަމަށް އެދި ކޯޓޭޝަން ހުށައަޅުއްވާއިރު ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ އެންމެ ކޯޓޭޝަނެކެވެ. ގަޑި ޖެހުމަށްފަހު ހުށައަޅުއްވާ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބާޠިލްވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަސައްކަތުގެ އަގު ހުށައަޅާއިރު މަސައްކަތުގެ މުއްދަތާއިއެކު ހުށައެޅުމަށްވެސް ދެންނެވީމެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 26 ނޮވްމްބަރ 2025 ވާ ބުދަ ދުވަހުގެ 10:00 އަށް ބ.އަތޮޅު ހޮސްޕިޓަލުގެ މީޓިންގ ރޫމަށް ވަޑައިގެން މަސައްކަތުގެ ( ކޯޓޭޝަން ) ހުށައެޅުއްވުން އެދެމެވެ.

މިމަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 7914942 / 9559102 އަށް ގުޅުއްވުން އެދެމެވެ.

24 ނޮވެންބަރު 2025