މަސައްކަތް
ނަންބަރު: (IUL)262/262/2015/86
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:28
ސުންގަޑި: 15 ނޮވެންބަރު 2015 09:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޕޯޓްސްއެރީނާ ޕްރޮޖެކްޓް

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯ ތަންފީޒުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ހިންގާ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ހދ.ނޮޅިވަރަންފަރު ފުޓްސަލްދަނޑުގެ މަސައްކަތް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިޔަށްގެންދިއުމަށް އެމިނިސްޓްރީންވަނީ ނިންމަވާފައެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގައި ފުޓްސަލްދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތްކުރުން ހިމެނެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ނޮވެންބަރު 15 ވަނަދުވަހުގެ 9:00 ގައި މިމަސައްކަތް ކުރުމާބެހޭގޮތުން މަޢުލޫމާތުދިނުމަށް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ބާއްވާ ބައްދަލުވުމަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ނޮވެންބަރު 30 ވަނަދުވަހުގެ 10:00 އަށް ކައުންސިލް އިދާރާއަށް ދުރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބިޑްތައް ޤަބޫލެއް ނުކުރެވޭނެއެވެ. ހުށަހަޅާ ބިޑްތަކަށް ޕޮއިންޓްދެވޭނެ އުސޫލު ތިރީގައި ދަންނަވާފައި މިވަނީއެވެ.

  • މަސައްކަތުގެ އަގަށް   %50
  • ފަންނީ ޤާބިލުކަމަށް   %25
  • ތަޖުރިބާއަށް       %25

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

04 ނޮވެންބަރު 2015