ބީލަން
ނަންބަރު: (IUL)246/246/2025/69
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 19:07
ސުންގަޑި: 30 ނޮވެންބަރު 2025 13:00
ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޮޅަދޫ ކައުންސިލަށް އެކްސްކަވޭޓަރެއް ސަޕްލައިކޮށްދިނުމުގެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު (ދެވަނަ ފަހަރު)

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، މޮޅަދޫ ކައުންސިލަށް އެކްސްކަވޭޓަރެއް ސަޕްލައިކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 246/246/2025/33(IUL)  (03 ޖޫން 2025) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށް، އަލުން މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 2025 ނޮވެންބަރު 30 ވާ އާދިއްތަ ދުވަހުގެ 13:00 ގެ  ކުރިން [email protected] އަށް، އީމެއިލް ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑު ރަޖިސްޓްރޭޝަން ފޯމް ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ. އަދި، އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ އެ މުއްދަތުގެ ތެރޭގައި ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތު އީމެއިލް ކުރެއްވުން އެދެމެވެ.

 އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025  ޑިސެންބަރު 04 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ހއ.މޮޅަދޫ ކައުންސިލްގެ އިދާރާގައެވެ.

                  މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6500031 ފޯނާއި ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ނޮވެންބަރު 2025