ދިވެހިރާއްޖެ
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގްރާމްގެ ޕްރޮޖެކްޓް ފޯ ޑެވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީ (PDSAE)ގެ ދަށުން މޯލްޑިވްސް ގުޑް އެގްރިކަލްޗަރ ޕްރެކްޓިސަސް (M-GAP) ސްޓެންޑަރޑަށް ދަނޑުވެރިން އަހުލުވެރިކުރުމާއި، ސްޓޭންޑަރޑު ކުރިއެރުވުމުގެ ގޮތުން 03 ޑިސެންބަރު 2025 އިން 04 ޑިސެންބަރު 2025އަށް ވޯކްޝޮޕެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ދެ ދުވަހުގެ މުއްދަތައް ދިވެހި ބަހުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގައި، ސްޓޭންޑަރޑް ތިއަރީ ބައި މާލޭ ސިޓީގައި ކުރިއަށް ގެންދިއުމަށްފަހު ، ޕްރެކްޓިކަލް ބައި މާލެއާއި ކައިރި ދަނޑުވެރި ރަށެއްގައި ކުރިއަށްގެންދެވިގެންދާނެއެވެ.
މިނިސްޓްރީއިން މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިމުމަށް ހއ ކެލާގައި ދަނޑުވެރިކަން ކުރަމުންދާ ފަރާތަކަށް ފުރުސަތު ދިނުމަށް ނިންމާފައިވާތީ މި ތަމްރީންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ކެލާ ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ގުޅުއްވާ ނަންނޯޓް ކުރުމަށް ދަންނަވަމެވެ. އަދި މީގެ އިތުރުން ބައިވެރިވުމަށް އޮންނަލައިން ފޯމް ފުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމުގައިވެސް ދެންނެވީމެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނީ އެންމެ ފާރާތަކަށް ކަމުގައި ވާތީ އެ ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ ނަންނޯޓް ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ކަމުގައި ދަންނަވަމެވެ. ވީމާ މި ޕޮރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 24 ނޮވެންބަރު 2025 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ނަންނޯޓް ކުރުމަށް ދަންނަވަމެވެ.
ފޯމު ލިންކު : https://forms.office.com/r/qLH8yNfeyv
ފޯން ނަންބަރު: 6500027