މަސައްކަތް
ނަންބަރު: (IUL)142-E1/1/2015/134
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:43
ސުންގަޑި: 12 ނޮވެންބަރު 2015 11:30
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އިސްލާމީ ކުތުބުޚާނާ މަރާމާތުކޮށް، ފޮތްތައް ތަރުތީބު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިސްލާމީ މަރުކަޒުގައި ހިންގަމުންގެންދާ އިސްލާމީ ކުތުބުޚާނާ މަރާމާތުކޮށް، ފޮތްތައް ތަރުތީބު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީން ކުރެވުނު ނަންބަރު IUL)142-E1/1/2015/114) އިޢުލާނާ ގުޅިގެން މަޢުލޫމާތު ދެވުނުއިރު މަޢުލޫމާތުޝީޓުގައި ބައެއް ކަންތައްތައް ނުހިމެނިވާތީ އެ އިޢުލާނާއި، އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބާޠިލުކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 12 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 16 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:30 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020219 އަށެވެ.

22 މުޙައްރަމް 1437

04 ނޮވެންބަރު 2015