ބީލަން
ނަންބަރު: (IUL)88-PS/88/2025/618
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 23:38
ސުންގަޑި: 03 ފެބުރުވަރީ 2026 09:00
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ހަލާލް ޓޫރިޒަމް މޮޑެލްއަށް ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލުން.

ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން މި އިޢުލާނާއި އެއްކަރުދާސްކުރެވިފައިވާ ލިސްޓުގައިވާ ރަށްރަށާއި ފަޅުގައި ހަލާލް ޓޫރިޒަމް މޮޑެލްއަށް ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް މި ވުޒާރާއިން ވަނީ ނިންމާފައެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 ޑިސެންބަރު 2025 ވާ އަންގާރަ ދުވަހު އަދި 06 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 09:00 ގައި ވަރޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، އަންނަނިވި ތާވަލާއި އެއްގޮތްވާގޮތުގެ މަތިން މި ވުޒާރާއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑި

03 ފެބުރުވަރީ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 08 ޑިސެންބަރު 2025 ވާ ހޯމަ ދުވަހު އަދި 05 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މި ވުޒާރާގެ އީމެއިލް [email protected]  އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރެއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހިވަޑައިގަންނަވާ އެޕްލިކޭޝަން ފޯމް މި ވުޒާރާގެ ވެބްސައިޓް (www.tourism.gov.mv) އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި ބީލަން ފޮތް ލިބިވަޑައިގަންނަވާނީ 23 ނޮވެންބަރު  2025 ވާ އާދީއްތަ ދުވަހުން ފެށިގެން 02 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 – 13:00 އާއި ދެމެދު ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާ (ވޭލާނާގެ، 5 ވަނަ ފަންގިފިލާ) ރިސެޕްޝަނުންނެވެ.

މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 02 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި ވުޒާރާގެ އީމެއިލް [email protected]  އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.

20 ނޮވެންބަރު 2025