ބީލަން
ނަންބަރު: (IUL)304-CA/304/2025/179
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 21:05
ސުންގަޑި: 25 ނޮވެންބަރު 2025 12:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ދިނުމަށް ހަމަޖެހިފައިވާ އެވޯޑް ލިބޭ ފަރާތްތަކުގެ ޕްރޮފައިލްތަކުގެ އޯޑިއޯވީޑިއޯ ތައްޔާރުކުރުމުގެ މަސައްކަތް

މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަހު މިރަށާއި ކަނދޮޅުދޫ އަށް އެކިގޮތްގޮތުން ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކަށާއި ރީތިނަން ހޯދާދީފައިވާ ފަރާތްތަކާއި ސާނަވީ އަދި މަތީސާނަވީ އިމްތިޙާނުން މިރަށުގެ ދަރިވަރުންގެ ތެރެއިން ގަދަ ދިހައެއްގައި ހިމެނިފައިވާ ފަރާތްތަކުގެ ޕްރޮފައިލްތަކުގެ އޯޑިއޯވީޑިއޯ ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލީމެވެ. މި ބިޑްގައި ރަޖިސްޓްރީ ކުރުމަށް 20 ނޮވެމްބަރ 2025 ވާ ބުދަ ދުވަހުން ފެށިގެން 25 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް މިއިދާރާގެ ބީލަންވެރިން ރަޖިސްޓަރ ކުރާ ޝީޓް ފުރުއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރަޖިސްޓްރީވާން އެދޭ ފޯމް ފުރުއްވުމަށްފަހު މިއިދާރާގެ ރިސެޕްޝަނަށް ހުށައަޅުއްވައި ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މަތީގައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށްށެވެ.

 

ތާރީޚް

ދުވަސް

ގަޑި

ޕްރީ ބިޑް މީޓިންގ

25 ނޮވެމްބަރ 2025

އަންގާރަ

12:00

އަންދާސީ ހިސާބު ހުށައެޅުން

01 ޑިސެމްބަރ 2025

ހޯމަ

12:00

 

ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފޯމް މި އިދާރާއިން ލިބިލައްވާނެކަމުގައި ދަންނަވަމެވެ.  

  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

20 ނޮވެންބަރު 2025