ތަމްރީނު
ނަންބަރު: (IUL)475-Schol/475/2025/230
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 20:36
ސުންގަޑި: 25 ނޮވެންބަރު 2025 14:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކޮރެއާ އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖަންސީ (ކޮއިކާ) ސްކޮލަރޝިޕް ފެލޯޝިޕް ޕްރޮގްރާމް 2026 (ރީ އެނައުންސް)

ކޮރެއާ އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖަންސީ (ކޮއިކާ) ސްކޮލަރޝިޕް

ފެލޯޝިޕް ޕްރޮގްރާމް 2026 (ރީ އެނައުންސް)

ޤައުމު: ކޮރެއާ

5 މާސްޓަރސް

ކޯހުގެ ލެވެލް އަދި ޢަދަދު:

އެވްހާ ވޮމެންސް ޔުނިވާރސިޓީ

މާރސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ޖެންޑަރ އީކުއަލިޓީ

ދާއިރާތަކާއި އޮފާރ ކުރާ ޔުނިވާރސިޓީތައް:

ހަންޔަންގ ޔުނިވާރސިޓީ

މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ސްމާރޓް ސިޓީ މެނޭޖްމަންޓް އެންޑް ޓެކްނޮލޮޖީ

ކޮރެއާ ނެޝަނަލް ޔުނިވާރސިޓީ އޮފް އެޑިއުކޭޝަން

މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ގްލޯބަލް އެޑިއުކޭޝަން ލީޑަރޝިޕް

ކޮރެއާ ޔުނިވާރސިޓީ

މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ޓެކްސް އެން ފީސަލް ޕޮލިސީ

ސެއޯލް ނެޝަނަލް ނުނިވާރސިޓީ

މާސްޓަރސް ޑިގްރީ އިން ޕަބްލިކް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޓިވް ރިފޯރމް

މާސްޓަރސް ޑިގްރީގެ ޝަރުތު:

  1. ހުށަހަޅާ ކޯހަކާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުން.
  2. 40 އަހަރު ފުރިފައިނުވުން.
  3. ސަރުކާރު އިދާރާއެއްގައި ވަޒީފާ އަދާކުރާ ފަރާތެއްކަމުގައިވުން.
  1. މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ގައިޑްލައިން އަދި ޔުނިވަރސިޓީގެ ވެބްސައިޓްގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވުން.

 

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. މި މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

2. އެދޭ ކޯހަކީ މިހާރު ހާސިލްކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި

  1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).
  3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.
  4. މުއްދަތު ހަމަނުވާ ޕާސްޕޯޓް ކޮޕީ.
  5. ފުރިހަމަކޮށްފައިވާ ކޭ.އޯ.އައި.ސީ.އޭ އެޕްލިކޭޝަން ފޯމް.
  6. ވަޒީފާ ތަޖުރިބާ ލިޔުން. (ބެޗިލަރސް ޑިގްރީ ހާސިލްކުރުމަށްފަހު)
  7. މިހާރު ވަޒީފާއަދާ ކުރާ ތަނުގެ ލިޔުން.  
  8. ސްކޮލަޝިޕްގައި ބައިވެރިވުމާމެދު ވަޒީފާ އަދާކުރާ ތަނުން އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
  9. ފުރިހަމަ ކޮށްފައިވާ ސީވީ.
  10. ޕާސްޕޯޓް ސައިޒް 2 ފޮޓޯ
  11. އެޕްލައިކުރާ ޔުނިވާސިޓީގެ ވެބްސައިޓްގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވާކަން އަންގައިދޭ ލިޔުން.
  12. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.
  13. މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް.

ހުށަހަޅަންޖެހޭ ތަކެތި:

* މި ސްކޮލަރޝިޕްއާއި ގުޅޭ އިތުރު މަޢުލޫމާތު މި މިސްޓްރީގެ ވެބްސައިޓްއިން ލިބެންހުންނާނެއެވެ.

* މި މިނިސްޓްރީއަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ކޮންމެ ޕްރޮގްރާމަކަށް 4 ކެންޑިޑޭޓުން ނޮމިނޭޓް ކުރެވޭނެއެވެ. އަދި އެކެންޑިޑޭޓުންގެ އެޕްލިކޭޝަންތައް ކަމާބެހޭ ފަރާތަށް ހުށަހެޅޭނެއެވެ. މިސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހައްދަވާނީ ސްކޮލަރޝިޕް އިންތިޒާމްކުރައްވާ ފަރާތުންނެވެ.

* މި ސްކޮލަޝިޕްގެ ދަށުން ލިބޭ ޚަރަދުތަކުގެ ތަފްޞީލް އިޢުލާނާއެކު މި މިނިސްޓްރީގެ ވެބްސައިޓްއިން ލިބެން ހުންނާނެއެވެ.

* މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ކެންޑިޑޭޓުން އެޕްލިކޭޝަން ފޯމާއި، އެހެނިހެން ސަޕޯރޓިންގ ޑޮކިއުމެންޓްގެ ކޮޕީ 26 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

* ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ފަރާތްތަކަށް މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

* އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

*މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ.

އިތުރު މަޢުލޫމާތު:

އޮންލައިން އެޕްލިކޭޝަން ހުށަހެޅުން: 25 ނޮވެމްބަރ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން.

ޑޮކިއުމެންޓް ތަކުގެ ހާރޑް ކޮޕީ ހުށަހެޅުން: 26 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން

ސުންގަޑި:

އެޕްލިކޭޝަން ހުށަހަޅާނީ  https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް  http://www.mohe.gov.mvއިންނާއި އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

20 ނޮވެންބަރު 2025