ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ދިގުމުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މުވައްޒަފުންގެ ޚިދުމަތާއި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން މި ޑިސެންބަރު މަހުގެ ތެރޭގައި މުވައްޒަފުންގެ އެވޯޑް ޙަފްލާއެއް ބޭއްވުމަށް މި ޔުނިވަރސިޓީން ވަނީ ނިންމާފައެވެ. މި އެވޯޑު ޙަފްލާގައި ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކުގެ ތެރެއިން ޔުނިވަރސިޓީއަށް ދިގުމުއްދަތަކަށް ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ދެވޭ "ލޯންގް ސަރވިސް އެވޯޑް" އަށް އެދި ހުށަހެޅުމަށް ޔުނވަރސިޓީއަށް ޙިދުމަތްކޮށް، ވަޒީފާއިން މުސްކުޅިކޮށްފައިވާ ނުވަތަ ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް ޢާންމުކޮށް ހުޅުވާލަމެވެ.
ލޯންގް ސަރވިސް އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގައި 10 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށެވެ. އެގޮތުން ޚިދުމަތް ކޮށްފައިވާ ޖުމްލަ މުއްދަތު ހިސާބުކުރުމުގައި، އެލައިޑް ހެލްތް ސާރވިސަސް ޓްރެއިނިންގް ސެންޓަރުން ފެށިގެން ޔުނިވަރސިޓީގައި ވަޒީފާ އަދާކޮށްފައިވާ ހުރިހާ މުއްދަތެއް އެއްކުރެވޭނެއެވެ. އަދި ޚިދުމަތުގައި މެދުކެނޑުންތަކެއް އައިސްފައިވާނަމަ އެކަންކަމަށްވެސް ރިޢާޔަތް ކުރެވޭނެއެވެ.
މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
- 10 އަހަރަށް ވުރެ ދިގުމުއްދަތެއްގައި ޔުނިވަރސިޓީގެ ފުލްޓައިމް ވަޒީފާއެއްގައި ޚިދުމަތްކޮށްފައިވުން.
- ޔުނިވަރސިޓީގައި ޚިދުމަތްކުރައްވާފައިވާ މުއްދަތުގެ ތެރޭގައި އެއްވެސް އަޙްލާގީ މައްސަލައަކާ ގުޅިގެން އިޞްލާޙީ ފިޔަވަޅު އަޅާފައިވާ ފަރާތަކަށް ނުވުން.
- މަސައްކަތަށް ފަރުވާ ކުޑަވެގެން ނުވަތަ އަޚްލާޤީ މައްސަލައަކާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތަކަށް ނުވުން.
މިއެވޯޑަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އަކީ 04 ޑިސެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 23:59 އެވެ. ހުރިހާ އެޕްލިކޭޝަން ހުށަހަޅުއްވާނީ އޮންލައިންކޮށް ތިރީގައިވާ ގޫގުލް ލިންކް މެދުވެރިކޮށެވެ.
https://tinyurl.com/MNU-LongService-Award
20 ނޮވެންބަރު 2025