ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
އެސިސްޓެންޓް އޮފިސަރ – ކަސްޓަމަރ ސަރވިސް ސެންޓަރ
މި މަޤާމުގެ މަސްޢޫލިއްޔަތުގެ ތެރޭގައި އާސަންދަ ކުންފުނީގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގާ ތަފާތު މަސައްކަތްތަކާއި، "ހުސްނުވާ އާސަންދަ" ސްކީމްގެ ދަށުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކާ ބެހޭގޮތުން ބޭނުންވާ މަޢުލޫމާތުތައް ސާފުކޮށްދެއްވުން ހިމެނެއެވެ.
މަޤާމުގެ ޝަރުޠު:
- ޝިފްޓް ޑިއުޓީގެ މަސައްކަތް ކުރުމާއި އަދި ރޭގަނޑު ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަދަ މީހަކަށްވުން
- ޖީ.ސީ.އީ އޯލެވެލް 5 މާއްދާއިން ނުވަތަ ޖީ.ސީ.އީ އޭލެވެލް 2 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން
- އަދާކޮށްފައިވާ ވަޒީފާތަކާއި އަދި މަސައްކަތުގެ ތަޖުރިބާއަށް ޚާއްޞަ ސަމާލުކަމެއްދެވޭނެ.
- މައިކްރޯސްފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުމާއި އަދި މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ޤާބިލުކަން ހުރުން
- އިނގިރޭސި އަދި ދިވެހިން މުޢާމަލާތް ކުރުމުގެ ފެންވަރު ހުރުމާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ހުރުން
- ޓީމަކާ އެއްކޮށް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން
- ރަސްމީ ދަތުރުތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ދިޔުމުގައި ހުރަހެއް ނެތުން
ވަޒީފާގެ ޒިންމާތައް:
- ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ދިނުމާއި، މަޢުލޫމާތު ހޯދުމަށް ގުޅާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުމާއި އަދި ޚިދުމަތް ހޯދުމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުން
- ޚިދުމަތް ހޯދުމަށް ހުށަހަޅާ ފަރާތްތައް ރަޖިސްޓަރީ ކުރުމާއި އަދި ހަމަޖެހިފައިވާ އުސޫލުން ޚިދުމަތްދިނުން
- ހުށަހެޅޭ ކޭސްތަކާއި ގުޅިގެން "ހުސްނުވާ އާސަންދަ" ސްކީމްގެ ދަށުން އެމްޕެނަލްވެފައިވާ ހޮސްޕިޓަލްތަކާއެކު މަޝްވަރާކުރުމާއި ހުއްދަ ހޯދުމާއި އަދި ފަރުވާ ލިބޭނެ ކަމުގެ ލިޔުން ޙަވާލުކުރުން
- ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކުރެވޭ މަސައްކަތުގެ ފުރިހަމަ މަޢުލޫމާތު ލިބިފައި ހުރުމާއި އަދި ލިބިފައިވާ މަޢުލޫމާތުގެ އަލީގައި ގޮތް ނިންމުން
- ހުސްނުވާ އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދާ ފަރާތްތަކަށް ދިމާވާ މައްސަލަތައް ރާއްޖެއިން ބޭރުގައި ތިއްބަވާ ކުންފުނީގެ މުވައްޒަފުންނާ ގުޅިގެން ޙައްލުކުރުން
- ޓެލެފޯން ޒަރީޢާއިންނާއި އަދި މެއިލް މެދުވެރިކޮށް ކޭސްތަކާ ބެހޭގޮތުން ބޭނުންވާ މަޢުލޫމާތު ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދިނުމާއި އަދި އިތުރު މައްސަލައެއްވާނަމަ، މައްސަލައިގެ ތަފުސީލު ހޯދުމާއި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދިނުން
- އިމަޖަންސީގައި ބަލިމީހާ އެއްތަނުން އަނެއްތަނަށް އުފުލުމަށް ބޭނުންވާ އިންތިޒާމުތައް މެޑިކަލް ޓީމާއި، އޭވިއޭޝަން އޮފީސް އަދި ސީ-އެމްބިޔުލަންސް މެދުވެރިކޮށް ހަމަޖެއްސުން
- ކުންފުނީގެ މަސައްކަތާ ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
މުސާރައާއި އިނާޔަތް : ކުންފުނީގެ އޮނިގަނޑާއި އެއްގޮތްވާ ގޮތުގެ މަތިން
ބޭނުންވާ އަދަދު: 02
ކުރިމަތިލުމުގެ ސުންގަޑި: 12 ނޮވެންބަރު 2015 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން |
މި މަޤާމަށް ޝައުޤުވެރިވާ މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަކެތި ފެން ބިލްޑިންގ ގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) ނުވަތަ އީމެއިލް އިން ނަމަ [email protected] އަށް ފޮނުއްވައި ދެއްވުން އެދެމެވެ.
- ވަޒީފާއަށް އެދޭ ފޯމު 2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 3. ސީވީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑް ކުރެއްވުމަށް: http://aasandha.mv/wp-content/uploads/2014/06/Job-Application-form_aasandha-.pdf
ޚާއްޞަ ސަމާލުކަމަށް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. ފުރިހަމަ ނުވާ ފޯމު އަދި ތަޢުލީމީ ސެޓްފިކެޓްތައް ބަލައިނުގަނަވޭނެ
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކުންފުނީގެ ނަންބަރު: 1400 އަށް ގުޅުއްވުން އެދެމެވެ.