މަސައްކަތް
ނަންބަރު: FSM-ADV-2015/068
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:45
ސުންގަޑި: 12 ނޮވެންބަރު 2015 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ފިއުލް ޝެޑްގެ މަސައްކަތް ކޮށްދެއްވާނެ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލުން

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނިން ދޭ ކުރެހުންތަކާއި، ޓެކްނިކަލް ސްޕެސިފިކޭޝަނާއި، ކޮންޓްރެކްޓް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުޅުމާލޭގައި އަލަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ފިއުލް ޝެޑްގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް، އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 ނޮވެންބަރު 2015 ވާ ބުދަ ދުވަހުގެ 14:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331453 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

04 ނޮވެންބަރު 2015