މަސައްކަތް
ނަންބަރު: (4)DS/2015/12
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:33
ސުންގަޑި: 12 ނޮވެންބަރު 2015 13:00
ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސްކޫލުގެ ދަރިވަރުން ބޭނުންކުރާ އެކްޓިވިޓީ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު DS/2015/11ފ(4) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑްތަކުގެ ތެރޭގައި ޞައްޙަ ތިން ބިޑް ނެތްކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބިޑް ކޮމެޓީން ނިންމާފައިވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ. 

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މި ސްކޫލުގެ އިދާރީ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، އަންދާސީހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީހިސާބުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

22 މުޙައްރަމް 1437

04 ނޮވެންބަރު 2015