ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ށ.މިލަންދޫ ސައިޓް)
މި ކޯޕަރޭޝަންގެ ށ.މިލަންދޫ ސައިޓުގެ ތިރީގައިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
|
މަޤާމް: |
އެސިސްޓަންޓް ސައިޓް މެނޭޖަރ |
|
ބޭނުންވާ އަދަދު: |
01 (ތިނެއް) |
|
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
|
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓަންޓް ސައިޓް މެނޭޖަރ– ގރ 1 |
|
އަސާސީ މުސާރަ: |
މަހަކު 8,250.00 ރުފިޔާ |
|
އެހެނިހެން ޢިނާޔަތްތައް |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - ޓެކްނިކަލް އެލަވަންސް: އަސާސީ މުސާރައިގެ 25% - ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ 15% - ފޯން އެލަވަންސް: 450.00 ރުފިޔާ - އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. - މީގެ އިތުރުން ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އިންސައްތަ، މަޤާމާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން މަތީ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ ދެވޭނެއެވެ. |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ށ.މިލަންދޫ ސައިޓުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
|
ފެންވަރު ނުވަތަ ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން ބެޗްލަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން. ނުވަތަ، - މަޤާމުގެ މަސައްކަތާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން ޑިޕްލޮމާއެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
|
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ސައިޓުގައި މަސައްކަތް ހިނގަމުންދާ ގޮތް ޤަވާއިދުން ބެލުން. - މަސައްކަތްކުރާ ޓީމަށް މަސައްކަތް ކުރިއަށްގެންދާނެ ގޮތް ކިޔައިދީ އިރުޝާދުދިނުން. - ޕްރޮޖެކްޓް ޓީމާއި ވަށައިގެންވާ މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން. - މަސައްކަތުގެ މާޙައުލުގައި ހިނގާ އިންސިޑެންޓްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން. - ޓީމް މެމްބަރުންގެ މަސައްކަތުގެ ފެންވަރުބަލައި އަޙްލާޤީ މިންގަނޑުތައް ހިފަހައްޓާކަން ކަށަވަރުކުރުން. - މަޝްރޫޢުގެ ޝެޑިއުލްއާ އެއްގޮތަށް މަޝްރޫޢު ކުރިއަށްގެންދާކަން ކަށަވަރުކުރުން. |
|
ސުންގަޑި: |
- މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު، 25 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected] އަށް ފޮނުއްވުން އެދެމެވެ. - ވަޒީފާއަށް އެދޭ ފޯމު މިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. - މި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
ނޯޓް: މި އިޢުލާނާ ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ. އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf) ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ. |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ނޮވެމްބަރ / ޑިސެމްބަރ މަހުގެ ތާރީޚެއްގައެވެ. |
|
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. |