ޢާންމު މަޢުލޫމާތު
ނަންބަރު: HDC(161)-CPT/IU/2025/201
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 16:39
ސުންގަޑި: 22 ނޮވެންބަރު 2025 15:30
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ހުޅުމާލެ ފޭސް 3 ބިން ހިއްކާ ސަރަޙައްދުގައިވާ އުޅަނދުފަހަރުތައް ނެގުމާގުޅޭ

 

                                                                 ނަންބަރު: HDC(161)-CPT/IU/2025/201

އިޢުލާން

ހުޅުމާލެ ފޭސް 3 ބިން ހިއްކާ ސަރަޙައްދުގައިވާ އުޅަނދުފަހަރުތައް ނެގުމާގުޅޭ

މިކޯޕެރޭޝަނުގެ ނަންބަރު HDC(I61)-CPT/IU/2025/183 (30 އޮކްޓޯބަރު 2025)، ނަންބަރު HDC(I61)-CPT/IU/2025/187  (04 ނޮވެންބަރު 2025) އަދި ނަންބަރު HDC(I61)-CPT/IU/2025/198 (09 ނޮވެމްބަރު 2025) އިޢުލާނުތަކާއި ޙަވާލާދީ ދަންނަވަމެވެ.

ހުޅުމާލޭ މާސްޓަރ ޕްލޭނާއި އެއްގޮތަށް "ހުޅުމާލޭ ފޭސް 3" ހިއްކަންޖެހޭ ސަރަޙައްދުތައް ހިއްކުން އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިކޯޕަރޭޝަނުން މިގެންދަނީ ކުރަމުންނެވެ. މިގޮތުން، މިކޯޕަރޭޝަނުގެ ފަރާތުންވާނީ ހުޅުމާލެ ފަޅުތެރޭގައި ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި އަޅާފައިވާ އުޅަނދުތައް، އެ ސަރަޙައްދުން ނެގުމަށް  އެކިފަހަރުމަތިން ޢާއްމުކޮށް އަންގައި އިޢުލާނު ކުރެވިފައެވެ.

ނަމަވެސް، ޙަވާލާދީފައިވާ އިޢުލާނުތަކުގައި ހުޅުމާލޭ ފަޅުތެރޭގައި ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެކިފަހަރުމަތިން މުއްދަތުތަކެއްދީ، 9 ނޮވެމްބަރު 2025 ގައި ޢާއްމުކުރި ޢިއުލާނުގައި،  އެ އުޅަނދުފަހަރުތައް ތިލަފުށި، ގުޅީފަޅު، އަދި ކުޑަގިރިން ކަނޑައަޅާފައިވާ ސަރަޙައްދުތަކުގައި އެޅުމުގެ ފުރުޞަތު ފަހިކޮށް ދެވިފައިވާ އިރު، މިކޯޕަރޭޝަނުން ބެލިބެލުމުން، ހުޅުމާލެ ފަޅުތެރޭގައި ހުރި ގިނަ އަދަދެއްގެ އުޅަނދުތަކެއް ދެވިފައިވާ މުއްދަތުގައި ނަގާފައިނުވާތީ، މި އިޢުލާނުގައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް 22 ނޮވެމްބަރ 2025 ގެ 1530 ގެ ކުރިން އެ ސަރަހައްދުން ނެގުމަށް ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

އަދި، 22 ނޮވެންބަރު 2025، 1530 ގެ ފަހުން މި އިޢުލާނުގައިވާ ޗާޓުގައި ފާހަގަ ކޮށްފައިވާ ސަރަހައްދުން ބިން ހިއްކުމުގެ މަސައްކަތަށް ހުރަސްއެޅޭގޮތަށް އަޅާފައިވާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުނަގާ އުޅަނދުތައް، މިކޯޕަރޭޝަނުން ނަގާނެކަމުގައި ދަންނަވެމެވެ. އަދި މިގޮތަށް އުޅަނދު ނެގުމުގެ ތެރޭގައި އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެ ވާހަކަ ދަންނަވަމެވެ.

                     19 ނޮވެންބަރު   2025

                     28 ޖުމާދަލްއޫލާ  1447

 

 

 

 

 

19 ނޮވެންބަރު 2025