މަސައްކަތް
ނަންބަރު: GS93/I/2025/12
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 30 ނޮވެންބަރު 2025 11:00
ނެއްލައިދޫ ސްކޫލް
ދިވެހިރާއްޖެ
ހދ. ނެއްލައިދޫ ސްކޫލުގެ ވަށާފާރު ރޭނުމުގެ މަސައްކަތް

ނަންބަރު: GS93/I/2025/12

ޕްރޮކިއުމަންޓް ނަންބަރު:01/2025

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ހދ. ނެއްލައިދޫ ސްކޫލުގެ ވަށާފާރު ރޭނުމުގެ މަސައްކަތް

 

       މިސްކޫލުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިސްކޫލުގެ ވަށާފާރު ރޭނުމަށް ޝައުޤުވެރިވާ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގައިވާ ގޮތަށް ދިވެހިރާއްޖޭގެ ވިޔަފާރިއާއި ބެހޭ އިދާރާގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި ވިޔަފާރި ރަޖިސްޓްރީނެތް އަމިއްލަ ފަރާތްތަކުން 2025 ނޮވެންބަރ 24 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2025 ނޮވެމްބަރ 30 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެފަދަ ލިޔުމެއް އޮންނަންވާނެއެވެ.

      އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ ނަންބަރު 6520534 އާއި ގުޅުއްވުން އެދެމެވެ.

 

ނޯޓް: ވިޔަފާރި ރަޖިސްޓްރީނެތް  ފަރާތްތަކުން މަޢުލޫމާތު ސާފުކޮށް ބިޑް ހުށަހެޅުމަށްފަހު، ބިޑް އެފަރާތަކަށް އެވޯޑް ކުރެވިއްޖެނަމަ 1 މަސްދުވަހުގެ ތެރޭގައި ވިޔަފާރިއާއި ބެހޭ ޤާނޫނުގައިވާގޮތަށް ވިޔަފާރި ރަޖިސްޓްރީކޮށް ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ ސްކޫލަށް ހުށަހަޅަންވާނެއެވެ.

 

28 ޖުމާދަލް އޫލާ 1447

19 ނޮވެންބަރު 2025

 

 

އިސްމާޢިލް ރަޝީދު

ޕްރިންސިޕަލް

19 ނޮވެންބަރު 2025