ދިވެހިރާއްޖެ
ރަސްތަރި ޤުރުއާން މުބާރާތް 2025 ގައި ބައިވެރިވެފައިވާ ރަށްތަކުގެ ބައިވެރިނާއި ބެލެނިވެރިން އަދި އޮފިޝަލުންގެ ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.ވީމާ، މިއިޢުލާނާއެކު ގެޒެޓުކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް މެއިލް ކުރައްވާނީ [email protected] އަށެވެ. ފޯނުން ރަޖިސްޓްރީވުމަށް ގުޅުއްވާނީ 6500256 އަށެވެ. އަންދާސީ ހިސާބު ހުށަހަޅާންވާނީ އޭ 4 ސައިޒް ސިޓީ އުރައެއްގައި ބަންދުކޮށް " ރަސްތަރި ޤުރުއާން މުބާރާތް 2025 ގައި ބައިވެރިވެފައިވާ ރަށްތަކުގެ ބައިވެރިނާއި ބެލެނިވެރިން އަދި އޮފިޝަލުންގެ ކެއުން ހަމަޖެއްސުން" މިހެން ލިޔެފައެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި މަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓު، ފަރުދީ ވިޔަފާރި ފަދަ ތަނަކުން މައުލޫމާތު ސާފުކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެއެވެ. ބިޑްގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.
|
ބައިވެރިވާ ފަރާތްތަކުން ކުރަންޖެހޭ މަސައްކަތް |
ބީލަމުގައި ރަޖިސްޓްރީ ކުރުމާއި އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން |
ދުވަސް |
ތާރީޚު |
ގަޑި |
|
އަންދާސީހިސާބު ހުށަހެޅުން |
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ |
އާދީއްތަ |
23 ނޮވެންބަރު 2025 |
11:30 ގައި |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.