ބީލަން
ނަންބަރު: (IUL)252/252/2025/114
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 27 ނޮވެންބަރު 2025 13:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ފިއްލަދޫ ކައުންސިލް ކަޕް ރާވައި ހިންގައިދިނުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

 

ހއ.ފިއްލަދޫ ކައުންސިލް ކަޕް ރާވައި ހިންގައިދިނުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެ

 

                    މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ހއ.ފިއްލަދޫ ކައުންސިލް ކަޕް ރާވައި ހިންގައިދިނުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                   ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވަވާ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ޕްރޮޕޯޒަލް ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 01/2003 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެދަށުން ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާތަކާއި، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމާއިބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.

                   ޕްރޮޕޯޒަލް ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

ރަޖިސްޓްރޭޝަން ފޯމް:

https://forms.gle/SVtZqB9jyPFqgwGo6

 

ބީލަން ރަޖިސްޓްރީ ކުރުން

25 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 13:00 ގެކުރިން

މައުލޫމާތު ދިނުމުގެ ބައްދަލުވުން

ބޭއްވުމަށް ހަމަޖެހިފައިނުވޭ

ޕްރޮޕޯޒަލް ބަލައިގަތުން

27 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 13:00 ގެކުރިން

ޕްރޮޕޯޒަލްތައް ހުޅުވުން

27 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 13:05 ގައި ހއ. ފިއްލަދޫ ކައުންސިލް އިދާރާގައި

 

                   ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ޕްރޮޕޯޒަލް ހުޅުވުން އޮންނާނީ ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ބީލަން ހުށައަޅާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

19 ނޮވެންބަރު 2025