ދިވެހިރާއްޖެ
2026 ވަނަ ދިރާސީ އަހަރު މި ސްކޫލްގެ އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމަށް އެދޭ ފަރާތް ތަކަށް އެކަމަށް އެދުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. އެހެންކަމުން އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ މަރުހަލާއަށް ދަރިވަރުން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައިވާ ތާވަލާ އެއްގޮތަށެވެ.
|
މަރުހަލާ |
އުމުރުފުރާ |
|
އެލް.ކޭ.ޖީ |
2025 ވަނަ އަހަރުގެ ޑިސެމްބަރ 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން |
|
ޔޫ.ކޭ.ޖީ |
2025 ޑީސެމްބަރ 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން އެލް.ކޭ.ޖީ ފުރުހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ދިރާސީ އަހަރު ( 27 ޖެނުއަރީ 2026 ގައި ފެށޭ ) ޔޫ.ކޭ.ޖީ އަށް ބަދަލުކުރެވޭނެއެވެ. |
މަތީގައިވާގޮތަށް އުމުރު ބަލާނީ ދަރިވަރު ސްކޫލަށް ވައްދަން އެދޭ އަހަރު 31 ޑިސެމްބަރ އަށް އަހަރު ފުރޭ ދަރިވަރުންނެއެވެ. ނަމަވެސް ހިނގާ އަހަރު 31 މާރޗް ގެ ނިޔަލަށް 04 އަހަރު ފުރޭ ކުދިންނަށް އެލް.ކޭ.ޖީ އަށް ވަނުމުގެ ފުރުސަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެ ކުއްޖަކަށް ދެވިދާނެއެވެ.
ވީމާ، 26 ނޮވެމްބަރ 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން 2026 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވަދައްން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ފޯމް އާއެކު ހުށައަޅަން ޖެހޭ ތަކެއްޗާއެކު މިސްކޫލްގެ އޮފީހަށް ހުށއެޅުމަށް ދަންނަވަމެއެވެ.
މި ފޯމް ސްކޫލް އޮފީހުން 19 ނޮވެމްބަރ 2025 އިން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ.