ކުއްޔަށް ހިފުން
ނަންބަރު: (IUL)492-PS /492/2025/167
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 22:07
ސުންގަޑި: 27 ނޮވެންބަރު 2025 11:00
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
ޏ. ފުވައްމުލަކުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޤައުމީ ލެބޯޓަރީ ވަޤުތީގޮތުން ހިންގުމަށް ބޭނުންވާ އޮފީސް އިމާރާތް ހޯދުން

މި މިނިސްޓްރީން ޏ. ފުވައްމުލަކުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޤައުމީ ލެބޯޓަރީ ވަޤުތީގޮތުން ހިންގުމަށް ބޭނުންވާ އޮފީސް އިމާރާތް 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

  ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

ތާރީޚް އަދި ގަޑި

ތަން

އަންދާސީ ހިސާބު ހުށަހެޅުން

27 ނޮވެމްބަރ ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ސްޓަރ ކްލައުޑްސް ބިލްޑިންގގެ 5 ވަނަ ފަންގިފިލާ، މަޖީދީމަގު، މާލެ އަދި ޏ. ފުވައްމުލަކު ކައުންސިލް އިދާރާ، ޏ. ފުވައްމުލައް

 

  މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

   މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3309331 އަދި 3309333 ނަންބަރު ފޯނަށެވެ.

18 ނޮވެންބަރު 2025