ދިވެހިރާއްޖެ
މި ހޮސްޕިޓަލްގައި ހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވިފައިވާ ނަންބަރު (IUL)AAAH-A-AD/INDIV/2025/1 (13 ނޮވެމްބަރ 2025) އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު، 03 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 13:30 އަށް މި އޮފީހަށް (އއ. އަތޮޅު ހޮސްޕިޓަލް) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ރަޖިސްޓްރީވުން: 26 ނޮވެންބަރު 2025 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން
ބިޑް ހުޅުވުން: 03 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 13:30 ގައި (އިދާރީ އޮފީހުގައި)
ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު، 26 ނޮވެންބަރު 2025 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 30 ނޮވެންބަރު 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. އަދި ބީލަމުގައި ރަޖިސްޓަރީނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެވެ.