ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-EDS/304/2025/175
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:45
ސުންގަޑި:
25 ނޮވެންބަރު 2025 14:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަސްވެރިންގެ ދުވަހާއި ގުޅިގެން ބާއްވާ ފުޑްފެއަރ (ކާބޯތަކެތީގެ މަޢުރަޟް) ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން މި ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ ފުޑްފެއަރ (ކާބޯތަކެތީގެ މަޢުރަޟް) ގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.
މިމައުރަޟްގައި ބައިވެރިވާން ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ރ.ދުވާފަރު ކައުންސިލް އިދާރާއަށެވެ. މިމައުރަޟްގެ ފޯމް ގެޒެޓް ކުރެވޭނެ ވާހަކަ ދަންނަވަމެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ލިބިވަޑައިގަންނަވާނީ ރ.ދުވާފަރު ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ. ފޯމް ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރު 14:00 އަށް ކަމުގައި ދަންނަވަމެވެ.
މިމަޢުރަޟްގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚައަކީ 25 ނޮވެމްބަރ 2025 އެވެ.
27 ޖުމާދަލްއޫލާ 1447
18 ނޮވެންބަރު 2025