ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)221-HRS/221/2025/61
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި: 25 ނޮވެންބަރު 2025 13:30
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އައިޓީ އޮފިސަރ (ކޮންޓްރެކްޓު)

މި އޮތޯރިޓީގެ ނަންބަރު IUL)221-HRS/221/2025/59) އިއުލާނުގައިވާ މަޤާމުގެ މަސްއޫލިއްޔަތުތައް އިސްލާހުކުރުމަށްފަހު، އެ އިއުލާން ބާތިލްކޮށް އަލުން މިމަޤާމަށް މީހަކު ހޯދުމަށް އިއުލާންކުރަމެވެ.

މަޤާމް:

 އައިޓީ އޮފިސަރ (ކޮންޓްރެކްޓު)

ބޭނުންވާ ޢަދަދު:

 01

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓު

މުއްދަތު:

 1 އަހަރު ދުވަސް

ވަޒިފާއަދާ ކުރަންޖެހޭ ތަން:

 އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަވިސަސް ސެކްޝަން- ލޯކަލް ގަވަރމަންޓް އޮތޯރިޓީ/މާލެ

އަސާސީ މުސާރަ:

 10،000.00ރ

ހާޒިރީ އެލަވަންސް:

 200ރ (ހާޒިރުވާ ކޮންމެ ރަސްމީ ދުވަހަކަށް)

މަޤާމުގެ އަސާސީ ޝަރުތު:

 

 މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މަގާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

އެހެނިހެން މަޢުލޫމާތު:

 މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭ މަސައްކަތުގެ ދާއިރާތައް:

  - އިންފޮމޭޝަން ޓެކްނޮލޮޖީ

  - ކޮމްޕިއުޓަރ ސޮފްޓްވެއަރ އެންޑް ހާޑްވެއަރ

 ތަޢުލީމީ ރޮނގުތައް:

  - އިންފޮމޭޝަން ޓެކްނޮލޮޖީ

  - ކޮމްޕިއުޓަރ ސޮފްޓްވެއަރ އެންޑް ހާޑްވެއަރ

  • މަޤާމުގެ ދާއިރާތަކާއި އެމީހެއްގެ ތައުލީމީ ސެޓްފިކެޓްތައް ގުޅޭތޯ ބެލުމުގައި ސެޓްފިކެޓްގެ ނަމާއި މަޤާމުގެ މަސައްކަތާއި ގުޅޭކަން ސާފުކޮށް ކަނޑައަޅަން ދަތިވާ ހާލަތުގައި، ކޯހުގެ ނަމަށް ބެލުމުގެ ބަދަލުގައި ބަލާނީ އެމީހަކު ކޯހުގައި ފުރިހަމަ ކުރި މޮޑިއުލްތަކުގެ ގޮތުގައި ޓްރާންސްކްރިޕްޓުގައި ބަޔާންކޮށްފައިވާ މޮޑިއުލްތަކަށެވެ. މިގޮތުން ކޯހުގައި ކިޔަވާފައިވާ މޮޑިއުލްތަކުގެ 30 އިންސައްތަ މޮޑިއުލްއަކީ މަދުވެގެން މަޤާމުގެ މަސައްކަތާ ގުޅޭ މޮޑިއުލްތަކަކަށް ވާންވާނެއެވެ. މަޤާމުގެ މަސައްކަތާއި ގުޅޭ މޮޑުއުލްތަކުގެ އަދަދު 30 އިންސައްތައަށްވުރެ މަދުވާނަމަ އެ ކޯހަކީ މަޤާމާއި ގުޅޭ ސެޓްފިކެޓެއް ކަމަށް ނުބެލޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. އޮފީހުގެ ހުރިހާ ކޮންޕިޔުޓަރު ސިސްޓަމްތައް އަޕްގްރޭޑްކޮށް މަރާމާތުކޮށް ބެލެހެއްޓުން.
  2. އޮފީހުގެ ސަރވަރ ސިސްޓަމާއި ޓެލެފޯން ނެޓްވޯކް އަދި ވެބްސައިޓް ބެލެހެއްޓުން.
  3. އޮފީހުގެ އެތެރޭގައި ބޭނުންކުރާ އިންޓްރާ ނެޓްވޯކް ގާއިމްކޮށް ބެލެހެއްޓުން.
  4. ކޮމްޕިޔުޓަރ ސިސްޓަމްތަކާއި އޮފީހުގެ ހުރިހާ އައިޓީ ސާމާނަށް ދިމާވާ ސޮފްޓްވެއަރ އަދި ހާޑްވެއަރ މައްސަލަތައް ޙައްލުކުރުން.
  5. މުވާޞަލާތީ ޚިދުމަތަށް ބޭނުންވާ ކަންކަމަށް މަގުފަހި ކޮށްދިނުން.
  6. އެލް.ޖީ.އޭގެ އައި.ޓީ އިންވެންޓްރީ ބެލެހެއްޓުން.
  7. އޮފީހުގެ މަސައްކަތްތަކާ ގުޅުންހުރި ސޮފްޓްވެއަރތައް ހޯދުމާއި، އީ- ސަރވިސްތައް ތަޢާރަފްކޮށް ތަރައްޤީކުރުން.
  8. އީ-ގަވަރމަންޓް އާއި އެހެނިހެން އައި.ޓީ އާއި ގުޅުން ހުރި ތަމްރީންތައް މުވައްޒަފުންނަށް ދިނުން.
  9. އެލް.ޖީ.އޭގެ ފަރާތުން ކައުންސިލްތަކަށް އަމާޒުކޮށްގެން ހިންގާ އެކިއެކި ޓްރެއިނިންގ ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކުގައި އަމަލީ ގޮތުން ބައިވެރިވުމާއި، އެލް.ޖީ.އޭ އިން ތައްޔާރުކުރާ މަޢުލޫމާތު ކަރުދާހާއި ލުއި ފޮތްތައް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި، އެސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓް ކޮޕީ
  5. ލިބިފައިވާ ކުރު މުއްދަތު ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  6. ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ

 ނޯޓް:

  • ރާއްޖޭގައި ހިންގާ ތައުލީމުދޭ މަރުކަޒަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ކޯހެއް ފުރިހަމަކޮށްފައިވާނަމަ ސެޓްފިކެޓްގެ ކޮޕީގައި އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގެ ކޯހެއްނަމަ މޯލްޑިވްސް ކޮލޮފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު ނުވަތަ އެކޯހެއް ޤަބޫލުކުރާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅާއިރު އަސްލާ އެއްގޮތްކަން އެނގޭނެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ޝޯޓް ލިސްޓްވާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހެޅި ލިޔުންތަކުގެ އަސްލު އޮތޯރިޓީއަށް ގެންނަންވާނެއެވެ.
  • ތަޖްރިބާ ދަލީލުކޮށްދޭ ލިޔުމުގައި އަދާކުރި/ކުރާ މަޤާމުގެ ނަން، މަޤާމުގެ މުއްދަތު، ވަޒިފާ އަދާކުރި ތަނުގެ އެޑްރެސް، އިސްވެރިއެއްގެ ސޮއިއާއި އޮފީހުގެ ތައްގަނޑު އޮންނަންވާނެއެވެ.

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  • މަޤާމަށް މީހަކު ނެގުމަށް ޕޮއިންޓް ދިނުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތެއްގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.

  - ތަޢުލީމާއި ތަމްރީން: %40

  - މަސައްކަތު ތަޖުރިބާ: % 12

  - ހުނަރު (އިންޓަވިއު، އިމްތިޙާން/ޕްރެޒެންޓޭޝަން): %48 

  • މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުން ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ބެލެވޭނީ، ލިބިފައިވާ ތައުލީމާއި، ތަޖުރިބާ އަދި ހުނަރު މި 3 ބައި އެއްކޮށްލުމުން 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ޖުމްލަ މާރކްސް ލިބިފައިވުމާއިއެކު 'ހުނަރު' މިބަޔަށް ކަނޑައަޅާފައިވާ ޕޮއިންޓުގެ 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ލިބުމުންނެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން  25 ނޮވެމްބަރު 2025 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ވަޒިފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅުއްވާ ފަރާތްތަކުން [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އަދި އީމެއިލް މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  • މިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއިއެވެ.
  •  ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި، މައުލޫމާތު ސައްޙަނޫން ފޯމުތައް ބާތިލުކުރެވޭނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3013100 ފޯނަށް ގުޅުއްވުން އެދެމެވެ
18 ނޮވެންބަރު 2025