ބީލަން
ނަންބަރު: IUL/GS86/2025/39
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 25 ނޮވެންބަރު 2025 14:00
ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ސްކޫލް
ދިވެހިރާއްޖެ
2026 ވަނަ އަހަރު ތުރާކުނު ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

2026 ވަނަ އަހަރު ތުރާކުނު ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

 

1         01 ޖެނުއަރީ 2026 އިން 31 ޑިސެމްބަރ 2026 ގެ ނިޔަލަށް މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

2         ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

3         މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

4         މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2025 ނޮވެމްބަރ 17 ން 2025 ނޮވެމްބަރ 25ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/x8u6RA6WQQu3sTJV8

5         ބީލަމުގައި ރަޖިސްޓްރީކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ސިސްޓަމަށް ދިމާވާ މައްސަލައަކާ ގުޅިގެން ރަޖިސްޓްރީ ނުކުރެވޭނަމަ، ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވުމުގެ ކުރިން މި އިޢުލާންގެ 10 ވަނަ ނަމްބަރުގައިވާ އީމެއިލް އެޑްރެހަށް އެކަން ބަޔާންކޮށް ހުށަހެޅުމުން އެފަރާތެއް ރަޖިސްޓްރީކޮށްދެވޭނެއެވެ.

6         މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ނޮވެންބަރ 24 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

7         ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2025 ނޮވެންބަރ 27 ވަނަ ދުވަހުގެ 11:00 ގައި މިސްކޫލުގައެވެ.

8         މިޕްރޮކިއުމެންޓާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

 

 

9          އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

10     ތުރާކުނު ސްކޫލް

11     ހއ. ތުރާކުނު، ދިވެހިރާއްޖެ

12     ފޯން: 6500547

13     އީ-މެއިލް: [email protected]

17 ނޮވެންބަރު 2025