ދެންނެވުން
ނަންބަރު: 153-SE/IUL/2025/16
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 23 ނޮވެންބަރު 2025 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް މެންބަރެއް ޢައްޔަނުކުރުން

ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް މެންބަރެއް ޢައްޔަނުކުރުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަކީ، ޔުނިވަރސިޓީ ހިންގުމުގެ އެންމެ އިސް މަޖިލިހެވެ. މި މަޖިލީހުގައި މަތީ ތަޢުލީމާބެހޭ ވަޒީރު ޢައްޔަނުކުރާ ޔުނިވަރސިޓީއިން ބޭރުގެ 8 މެންބަރުން ހިމެނެއެވެ. މިގޮތުން، ތިރީގައިވާ ދާއިރާތަކުން ކައުންސިލަށް މިހާރު ހޮވިފައިވާ މެންބަރުންގެ މުއްދަތު ހަމަވާން ކައިރިވެފައި ވާތީ، ޝަރުޠު ހަމަވާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހުށަހެޅުމަށް ހުޅުވާލަމެވެ.

ދާއިރާތައް:

  1. ޝަރުޢީ ދާއިރާ. 2. ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް. 3. ދިވެހިބަހާއި ސަގާފަތާއި ތާރީޚް. 4. ސިއްޙަތު

ޝަރުޠުތައް:

  • ޔުނިވަރސިޓީ ކައުންސިލާއި ކައުންސިލުގެ ސަބް ކޮމިޓީތަކަށް އެކަށީގެންވާ ވަގުތު ދެވޭނެ ފަރާތަކަށްވުން
  • ވޮލަންޓަރީ މަސައްކަތުގެ ތަޖުރިބާ ހުރުން (އިސްކަންދެވޭނެ)

އިތުރު ޝަރުޠުތައް (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ):

  • ޢުމުރުން 18 އަހަރު ފުރިފައިވުން
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • މުސްލިމަކު ކަމުގައިވުމާއެކު، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން
  • ޔުނިވަރސިޓީގެ ކައުންސިލްގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި، ލަޔާޤަތު އަދި މަސައްކަތުގެ އަޚްލާޤު ހުރި މީހަކު ކަމުގައިވުން
  • ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން
  • އިފްލާސްކުރެވިފައިވާ މީހަކު ކަމުގައި ނުވުން

މެންބަރުކަމުގެ ޢިނާޔަތްތައް:

ކައުންސިލުގެ ކޮންމެ ޖަލްސާއަކަށް ހާޒިރުވުމުން -/1000 (އެއްހާސް) ރުފިޔާގެ ރަމްޒީ ޢިނާޔަތެއް ދެވޭނެއެވެ.

ޝައުގުވެރިކަން ހުށަހަޅާނެ ގޮތް:

ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސޮއިކޮށްފައިވާ ވަނަވަރު (ސީވީ)، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި މި އިޢުލާނާއެކު ހިމެނިފައިވާ އިޤްރާރު ފޯމު ފުރިހަމަކުރުމަށްފަހު، 23 ނޮވެންބަރު 2025 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3345125 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑިއަށްފަހު ހުށަހަޅާ ލިޔެކިޔުންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ނޯޓް:

ޔުނިވަރސިޓީއިން ބޭރުގެ 8 މެންބަރުން ޢައްޔަނުކުރަނީ މަތީ ތަޢުލީމަށް ޒިންމާވާ ވަޒީރެވެ. މެންބަރުން ޢައްޔަނުކުރަނީ، ޔުނިވަރސިޓީ ކައުންސިލްގެ ނޮމިނޭޝަން ކޮމިޓީއިން އެކުލަވާލާ ލިސްޓެއްގެ ތެރެއިންނެވެ.

17 ނޮވެންބަރު 2025