ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)30-HR/30/2025/234
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 09:20
ސުންގަޑި: 24 ނޮވެންބަރު 2025 13:30
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
ސީނިއަރ މެރިން ރިސާރޗް އޮފިސަރ/ ކޮރަލް ރީފް މޮނިޓަރިންގ އެންޑް ރިސަރޗް ސެކްޝަން

މަޤާމް:

ސީނިއަރ މެރިން ރިސާރޗް އޮފިސަރ

މަޤާމުގެ ނަންބަރު:

J-348153

ބޭނުންވާ ޢަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 7

ޖޮބް ފެމިލީ:

ސައިންސް އެންޑް ބިލްޓް އެންވަޔަރަންމަންޓް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކޮރަލް ރީފް މޮނިޓަރިންގ އެންޑް ރިސަރޗް ސެކްޝަން / މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް، ކ. މާލެ

މުސާރަ:

-/10875 ރުފިޔާ

މަގާމުގެ އެލަވަންސް:

-/5075 ރުފިޔާ

ހާޒިރީ ޢިނާޔަތް

-/135 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ފަރުތަކާއި ބެހޭ ރިސާރޗް ޕްރޮގްރާމްތައް މިނިސްޓްރީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ މަޤްޞަދުތައް ހާޞިލް ވާނޭގޮތަށް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ބައްޓަންކޮށް ޙަރުދަނާ ގޮތެއްގައި ހިންގުން.
  • ފަރުތައް މޮނިޓަރ ކުރުމާއި ފަރުތައް ރިހެބިލިޓޭޓް ކުރުމަށް ހިންގޭ ޕްރޮގްރާމްތަކާއި ގުޅިގެން އެއްކުރެވޭ މައުލޫމާތު ކަނޑައެޅިފައިވާ އުސޫލުން ބަލަހައްޓައި އެނަލައިޒްކޮށް ފަންނީ ރިޕޯޓުތައް ތައްޔާރުކުރުމުގައި ބައިވެރިވުން.
  • ފަރުތައް މޮނިޓަރކުރުމުގެ ޕްރޮގްރާމްތަކާއި، ރިސްޓޮރޭޝަން ޕްރޮގްރާމްތައް ހިންގުމަށާއި އެއްކުރެވޭ މަޢުލޫމާތު ބެލެހެއްޓުމުގެ ޕްރޮޓޮކޯލްތައް އެކުލަވާލުމުގައާއި މުތާލިއާ ކުރުމަށް އެހީތެރިވުމާއި އެ މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށް ކަނޑައެޅިފައިވާ މުވައްޒަފުން އަދި އެހެނިހެން ފަރާތްތައް އަހުލުވެރިކުރުވުން.
  • ފަރުތަކާއި ގުޅޭގޮތުން ނެގޭ ސައިންޓިފިކް މައުލޫމާތު އެއްތަންކުރުމުގެ މަޤްސަދުގައި "ނޭޝަނަލް ކޮރަލް ރީފް މޮނިޓަރިންގ ފްރޭމްވަރކްގެ ދަށުން ތަރައްގީކުރެވިފައިވާ "ކޮރަލްޑޭޓާބޭސް" ބެލެހެއްޓުމާއި ތަންފީޒުކުރުންމާއި ޑޭޓާބޭސްއަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ރާވާހިންގުން އަދި ކޮރަލް ޑޭޓާބޭސް ބޭނުންކުވެރޭ މިންވަރު އާންމުކޮށް، އަދި ޑޭޓާބޭސްގައި ޖަމާކުރެވޭ މައުލޫމާތާއި ގުޅޭގޮތުން މައުލޫމާތު އާންމުކޮށް އަހަރަކު އެއް ރިޕޯޓް ތައްޔާރުކުރުން.
  • ރާއްޖޭ ބައިވެރިވާ ފަރުތަކުގެ ނިޒާމްތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ އަދި ސަރަހައްދީ ޖަމިއައްޠާތަކަށް ފޯރުކޮށްދޭންޖެހޭ ސައިންޓިފިކް މައުލޫމާތު އެއްކުރުމާއި އެކުލަވާލަވާލުން އަދި އެ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ ވަގުތުތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ރާވާ ހިންގުން.
  • މޫސުމީގޮތުން އަންނަ ބަދަލުތަކާއި ގުޅިގެން މެދުވެރިވާ ގާހުދުވުމުގެ ހާދިސާތަކާއި ގުޅޭ މައުލޫމާތު ޤައުމީ ފެންވަރެއްގައި އެއްކުރުމުގެ މަސައްކަތްކޮށް، ކަމާއިގުޅޭ ފަރާތްތަކާއި ހިއްސާކުރުން.
  • އަހަރު ނިމޭއިރު ކުރެވިފައިވާ މަސައްކަތްތައް އަހަރީ ރިޕޯރޓަށް ބޭނުންވާ ގޮތަށް ހުލާސާ ކޮށް އިންސްޓިޓިއުޓްގެ އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ކަނޑައެޅިފައިވާ ވަގުތައް ފޯރުކޮށްދިނުން.
  • އަހަރުން އަހަރަށް ކުރަންޖެހޭ މަސައްކަތްތަކާ ހިންގަންޖެހޭ ޕްރޮގްރާމްތައް ރާވާ ބަޖެޓް ތައްޔާރުކުރުމާއި އަދި ބޭރުގެ އެހީ ދޭ ފަރާތްތަކާއި، މަސައްކަތުގެ ދާއިރާއާއި ގުޅުން ހުރި ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މަރުކަޒުތަކާއިއެކު ކުރެވޭ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ވިލަރެސްކޮށް ހިންގުމާއި ހަރުދަނާ ކުރުން..
  • އިންސްޓިޓިއުޓުން ކުރެވޭ ދިރާސާ މަސައްކަތްތަކާއި އެހެނިހެން މަސައްކަތްތަކާއި ގުޅުންހުރި އާންމު ލިޔެކިޔުން ތައްޔާރުކޮށް އިންސްޓިޓިއުޓްގެ ވެބްސައިޓް އަދި ސޯޝަލް-މީޑިއާ އެކައުންޓް ހިންގުމަށް ކޮންޓްރިބިއުޓް ކުރުން.
  • ސެކްޝަންގެ އެހެން މުވައްޒަފެއްގެ މަސައްކަތް ވަގުތަށް ނުނިންމޭ ޙާލަތްތަކުގައި ނުވަތަ އެހެން މުވައްޒަފަކަށް ޙާޒިރުނުވެވޭ ޙާލަތްތަކުގައި އެމުވައްޒަފެއްގެ ވަޒީފާބަޔާނުގައި ހިމެނޭ މަސައްކަތްތަކުން ސެކްޝަންގެ ވެރިޔަކު ވަގުތީ ގޮތުން ޙަވާލުކުރާ މަސައްކަތް ކުރުމާއި އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭ ގޮތުން ކުރަން ޙަވާލުކުރާ މަސައްކަތްކުރުން.
  • އިންސްޓިޓިއުޓުން ކުރެވޭ އެހެނިހެން ދިރާސާތަކާއި ހަވާލުކުރެވޭ އިންސްޓިޓިއުޓްގެ އެހެނިހެން މަސައްކަތްތައް ޑިރެކްޓަރ ޖެނެރަލާއި ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން.

މަޤާމުގެ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ  8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ދާއިރާތައް:

މެރީން މެނޭޖްމަންޓް، މެރިން ރިސޯސް މެނޭޖްމަންޓް، މެރީން އެފެއާޒް، މެރިން ސައިންސް، މެރިން ސައިންސް އެންޑް ކޮންޒަރވޭޝަން، އެކުއަކަލްޗަރ އެންޑް މެރީން ކޮންޒަރވޭޝަން، މެރީން ކޮންޒަރވޭޝަން، މެރީން އެންޑް ކޯސްޓަލް ސައިންސް، މެރިން އެންޑް ވައިޑްލައިފް ކޮންޒަރވޭޝަން، މެރީން ބަޔޮލޮޖީ، މެރީން ބަޔޮލޮޖީ  އެންޑް ކްލައިމެޓް ޗޭންޖް، ފިޝަރީޒް އެންޑް މެރީން ސައިންސް، ސަސްޓެއިނަބަލް ފިޝަރީޒް އެންޑް މެރީން ރިސޯސަސް މެނޭޖްމަންޓް، އެންވަޔަރަންމަންޓަލް މެނޭޖްމަންޓް، އެންވަޔަރަންމަންޓަލް ސައިންސް

 

މަގާމުގެ މަސައްކަތުގެ ދާއިރާތައް

  • މެރިން ސައިންސް
    • އެންވަޔަރަމެންޓަލް މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)   ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)   ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ

  • އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ނޮވެންބަރު 2025 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 25 ނޮވެންބަރު 2025 އާއި 15 ޑިސެންބަރު 2025 އާ ދެމެދު، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3339244 ނުވަތަ 3339211 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

17 ނޮވެންބަރު 2025