ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)412/412/2025/48
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 08:08
ސުންގަޑި: 23 ނޮވެންބަރު 2025 14:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޮލިސް ސްޓޭޝަން އެޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ރުއްގަހުގެ ވެރިފަރާތް ހޯދުން

ޕޮލިސް ސްޓޭޝަން އެޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ރުއްގަހުގެ ވެރިފަރާތް ހޯދުން:

ކޮނޑޭ ދިޔަދޫ މަގުގެ އުތުރުން ކޮނޑޭ ކައުންސިލް އިދާރާ ހެމެނޭ ކޮށިން ކޮނޑޭ ޕޮލިސް ސްޓޭޝަން އެޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިން (މި އިޢުލާނާއެކު އެއްއުރަ ކުރެވިފައިވާ ޗާޓްގައި ރަތް ކުލައިން ފާހަގަ ކޮށްފައިވާ ސަރަޙައްދު) ގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ.

ވިމާ، ކޮނޑޭ ދިޔަދޫ މަގުގެ އުތުރުން ކޮނޑޭ ކައުންސިލް އިދާރާ ހެމެނޭ ކޮށިން މި އިޢުލާނާއެކު އެއްއުރަ ކުރެވިފައިވާ ޗާޓްގައި ރަތް ކުލައިން ފާހަގަ ކޮށްފައިވާ ސަރަޙައްދުގައި އެއްވެސް ފަރާތަކުން އިންދާ ހައްދާފައިވާ ރުއްގަސް ހުރިނަމަ 23 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން،  ޝަރީއަތުން މިލްކުވެރިކަން ސާބިތު ކޮށްފައިވާ ކަމުގެ ލިޔުން ނުވަތަ ރުއްގަސް ރަޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުމާއެކު ސިޓީ ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފު ކުރެއްވުމަށް ރަސްމީ ގަޑީގައި 6820019 އަށް ގުޅުއްވުން އެދެމެވެ.

މި އިޢުލާނާއެކު ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވާ ބިމުގެ ޗާޓް އެއްއުރަ ކުރެވިފައިވާނެއެވެ.

17 ނޮވެންބަރު 2025