ދިވެހިރާއްޖެ
|
ބަންގްލަދޭޝް ޔުނިވަރސިޓީ އޮފް ޕްރޮފެޝަނަލްސް (ބީ.ޔޫ.ޕީ) ގެ 18 އަންޑަރގްރެޖުއޭޓް ޕްރޮގްރާމްގެ ތެރެއިން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ 2 ސްކޮލަރޝިޕް ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ފުރުޞަތުތަކަކީ 2026 ވަނަ އަހަރު ސާކް ޤައުމުތަކުގެ ދަރިވަރުން އެ ޔުނިވަރސިޓީގައި ކިޔެވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން، ބައިވެރިވާ ކޯހުގެ 80% ފީ ދައްކަންނުޖެހޭގޮތަށް އަދި ކޮންމެ ސެމެސްޓަރ އެއްގައި 180 ޔޫ.އެސް ޑޮލަރު ދައްކަންޖެހޭނެހެން ސާރކް ޤައުމުތަކަށް ދޭ 2 ފުރުޞަތެވެ.
މި ސްކޮލަރޝިޕްތަކަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދެއްވާ ފަރާތުންނެވެ. މި ސްކޮލަރޝިޕްއަށް ޝައުގުވެރިވާ ދަރިވަރުން އެޕްލިކޭޝަން ހުށެހުޅުމުގެ ފުރުޞަތު 31 ޑިސެންބަރު 2025 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. އަދި ކޯސްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. މި ސްކޮލަރޝިޕްއާ ގުޅޭ މަޢުލޫމާތު ހިމެނޭ ބްރޯޝަރ މި އިޢުލާނާއެކު އެޓޭޗުކޮށްފައިވާނެއެވެ. މި މި ސްކޮލަރޝިޕްގެ އިތުރު މަޢުލޫމާތު ހޯދުމަށާއި، އެޕްލިކޭޝަން ހުށަހެޅުމަށް ތިރީގައިވާ އީމެއިލް އެޑްރެސް އަދި ފޯނުނަންބަރު ބޭނުންކުރެއްވުން އެދެމެވެ.
އީމެއިލް: [email protected] ފޯންނަންބަރު: +880172 639 3564 (WhatsApp) ވެބްސައިޓް:https://internationalstudents.bup.edu.bd
.................................................................................................................
|